ކޮވޑް-19ށް އިތުރު 21 މީހަކު ޕޮޒިޓިވްވެ 10 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.
ޕޮޒިޓިވްވި 21 މީހުންނާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2382ށް އަރާފައެވެ. އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 17 މީހުންނާއި ލަންކާ މީހެއް ހިމެނެއެވެ.
10 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖޭގައި މިވަގުތު ކޮވިޑް-19ށް ފަރުވާދެމުން އަންނަނީ 414 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1954ށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން 15 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު މީގެ ތެރެއިން 2 މީހަކަށް އަންނަނީ ޑީއެޗް-11 ގެ ކްރިޓިކަލް ކެއަރގައި ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 9 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 5 ބިދޭސީންނެވެ.
ބުދަ ދުވަހު ޕޮޒިޓިވްވި 21 މީހުންގެ ތެރެއިން 19 މީހުންނަކީ ކުރީގެ ކޭސްތަކާއި ކޮންޓެކްޓް ވެފައިވާ މީހުން ކަމަށާއި، މި 21 މީހުންގެ ތެރެއިން 2 މިހުން ފާހަގަވެފައިވަނީ އެކްޓިވް ސަރވައިލެންސްގެ ތެރެއިން ކަމަށް ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރ، ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.