ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 12:31
އައްޑު ސިޓީ ހުޅުދޫ މީދޫ؛ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ވަނީ ނިމިފައި
އައްޑު ސިޓީ ހުޅުދޫ މީދޫ؛ ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ވަނީ ނިމިފައި
އަވަސް
ޖިންސީ ގޯނާގެ މައްސަލަ
އައްޑޫ ސިޓީގައި 3 އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ނިންމައިފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް
30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު

އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2020 ޖޫން 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެއަމުރު މުރާޖައާކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން ވަނީ އިއްޔެ އެއަމުރު މުރާޖައާކޮށް، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައެވެ.

އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް 2020 މެއި 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު އެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ތަހުގީގުގައި ފާހަގަކުރެވިފައިވެއެވެ.

- ކޮމެންޓް