މިސްރުގެ އުތުރުގެ ސަރަހައްދުގައި ކްރިސްޓިއަން ފައްޅިއެއްގައި އެއްޗެއް ގޮއްވާލައި މަދުވެގެން 13 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
މި ހަމަލާ އަމާޒުވެފައިވަނީ ގާހިރާގެ އުތުރުގެ ސިޓީއެއްކަމަށްވާ ޓަންޓާގައި ހުންނަ އެސްޓީ ޖޯޖް ކޮޕްޓިކް ޗާޗަށެވެ.
ޓީވީ ޗެނަލް ތަކުންބުނާ ގޮތުގައި އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަދުވެގެން 40 މީހުންވަނީ ޒަޚަމްވެފައެވެ.
މިތަނުގައި އެއްޗެއް ގޮވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
މިސްރުގެ އާބަދީ މަދު ކްރިސްޓިއަނުންނަށް އަމާޒުކޮށް މި ފަހުގެ އަހަރުތަކުގައި އަންނަނީ މިފަދަ ހަމަލާތައް އަމާޒުވަމުންނެވެ.
މިދިއަ އަހަރުގެ ޑިސެމްބަރު މަހު ވެސްވަނީ ފައްޅިއެއްގައި މިފަދަ ހަމަލާއެއް ދީ 25 މީހުން މަރާލާފައެވެ.