ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 11:54
އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ހުޅުމާލޭ އައުޓްލެޓް
އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ހުޅުމާލޭ އައުޓްލެޓް
އެސްޓީއޯ
އެސްޓީއޯ ހޯމް އިމްޕްރޫމަންޓް
އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ހުޅުމާލޭ އައުޓްލެޓްގެ ހިދުމަތް އަލުން ފަށައިފި
ހިދުމަތް އަލުން ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ހުޅުމާލޭ އައުޓްލެޓްގެ ހިދުމަތް ފަށައިފިއެވެ.

މި އައުޓްލެޓް މީގެ ކުރިން ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ކޯވިޑް-19 ގެ ސަބަބުންނެވެ. އަދި ހިދުމަތް އަލުން ފަށާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލޭ އައުޓްލެޓް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު 1:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 9:00 އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

އެސްޓީއޯގެ ފިހާރަތަކުން ޙިދުމަތް ހޯދަން ވަޑައިގަންނަވާއިރު، ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެސްޓީއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން ދެމުންދިޔައީ އޮންލައިންކޮށެވެ.

- ކޮމެންޓް