ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 15:59
އެމެރިކާގެ މަނަވަރެއް، ދެ ކޮރެއާ ގުޅޭ ސަރަހައްދަށް ވަރަށް އަވަހަށްދާނެ
އެމެރިކާގެ މަނަވަރެއް، ދެ ކޮރެއާ ގުޅޭ ސަރަހައްދަށް ވަރަށް އަވަހަށްދާނެ
ރޮއިޓަރސް
އެމެރިކާގެ މަނަވަރުތައް
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
އުތުރު ކޮރެއާގެ އަމަލުތަކާއި މެދު ކަންބޮޑުވޭ

އުތުރު ކޮރެއާއިން ކުރަމުންގެންދާ މިސައިލް ޓެސްޓްތަކާއިމެދު ކަންބޮޑުވުން އިތުރުވަމުންދާތީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކޮރެއާ ގުޅޭ ކޮރެއަން ޕެނިންސިއުލާއަށް ދިޔުމަށް އެމެރިކާގެ އަސްކާރިއްޔާ އަންގައިފިއެވެ.

 

އެމެރިކާގެ މަނަވަރުތަކުގެ އިތުރުން ބޮން އަޅާ ބޯޓުފަހަރާއި އެނޫންވެސް ހަނގުރާމައިގައި ހަރަކާތްތެރިވާ ގްރޫޕްތައް ކޮރެއަން ޕެނިންސިއުލާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

 

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނާގޮތުގައި ދެކޮރެއާ ގުޅޭ ސަރަހައްދުގެ ކަންކަން ބެލުމަށް އެގައުމުގެ އަސްކަރީ ފައުޖުތަކުން ކޮރެއަން ޕެނިންސިއުލާގައި ރުކުރުވާލާނެއެވެ.

 

އެމެރިކާގެ މަނަވަރުތައް ކޮރެއަން ޕެނިންސިއުލާއާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، އުތުރު ކޮރެއާ އިން ތަހްލީލް ކުރަމުން އަންނަ މިސައިލްތަކުގެ މައްސަލަ އެމެރިކާއަށް އެކަނިވެސް ޙައްލު ކުރެވޭނެ ކަމަށް އެގައުމުގެ ރައީސް ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

 

ދެކޮރެއާ ހިމެނޭ ސަރަހައްދަށް އޮތް އެންމެބޮޑު ނުރައްކަލީ އުތުރު ކޮރެއާ އިން އެއްވެސް ރޭވުންތެރިކަމެއް އަދި ހަމައެއްލަމައެއް ނެތި ގެންގުޅޭ މިސައިލް ޓެސްޓު ކުރުމުގެ ސިޔާސަތު ކަމަށް އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނެއެވެ.

 

ކޮރެއަން ޕެނިންސިއުލާއަށް ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކުގެ ފައުޖުގައި މިސައިލްތައް ނައްތާލެވޭވަރު ގާބިލްކަންހުރި ވަޒީލަތްތައް ހިމެނޭ ކަމަށް ޕެސިފިކް ކޮމާންޑުން ބުނެއެވެ.

 

ނިއުކްލިއާ މިސައިލް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އުތުރު ކޮރެއާ އިންވަނީ ގާތްގާތުގައި ގިނަ އަދަދެއްގެ ނިއުކްލިއާ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ. އެކަމުގެ ކަންބޮޑުވުން އެމެރިކާގެ އިތުރުން އެހެން ގައުމުތަކުންވެސް ފާޅުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް