ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 08:07
ރަށެއްގައި ޤާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް
ރަށެއްގައި ޤާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް
ބީއެމްއެލް
އޭޓީއެމްގެ ހިދުމަތް
ބީއެމްއެލްއިން 4 ރަށެއްގައި އޭޓީއެމްގެ ހިދުމަތްދޭން ނިންމައިފި
 
24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ
 
މި އޭޓީއެމްތައް ބަހައްޓާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 4 ރަށެއްގައި އޭޓީއެމްގެ ހިދުމަތްދޭން ނިންމައިފިއެވެ.

ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ދޭން ނިންމާފައިވަނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައެވެ.

މި 4 ރަށުގައި ޤާއިމްކުރާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލްއިން 4 ރަށެއްގައި އޭޓީއެމްގެ ހިދުމަތްދޭން ނިންމާފައިވާއިރު އެ ބޭންކުން ދާދި ފަހުން ވަނީ އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

33%
0%
0%
33%
33%
0%
ކޮމެންޓް