ކ. މާލެ
|
22 ޖޫން 2020 | ހޯމަ 23:23
ގައުމަށް އަނބުރާ ފުރައިގެން ދިޔަ ބަންގުލަދޭޝްގެ މީހުންތަކެއް؛ މިހާތަަނށް ފުރައިގެންދިޔަ 3 މީހަކު ޕޮޒިޓިވްވެފައިވޭ
ގައުމަށް އަނބުރާ ފުރައިގެން ދިޔަ ބަންގުލަދޭޝްގެ މީހުންތަކެއް؛ މިހާތަަނށް ފުރައިގެންދިޔަ 3 މީހަކު ޕޮޒިޓިވްވެފައިވޭ
މޯލްޑިވިއަން
ފުރައިގެން ދިޔަ ފަހުން 3 މީހަކު ޕޮޒިޓިވްވުން
ފުރައިގެން ދިޔަ ފަހުން ބަންގުލަދޭޝްގެ 3 މީހަކު ބައްޔަށް ޕޮޒިޓިވް!
3 މީހަކު ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި އިރު، އިތުރު 2 މީހަކު ފުރަން ގޮސް ތިއްބާ މަޑު ކުރެވުނު
މިހާތަނަށް ބަންގުލަދޭޝްގެ 1155 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގުލަދޭޝް މީހުންނާއި، އަމިއްލަށް އެދިގެން ފުރައިގެންދިޔަ މީހުންގެ ތެރެއިން މިހާތަނަށް ތިން މީހަކު ޕޮޒިޓިވް ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ބޭރަށް ފުރަން ފުލައިޓުގައި ތިއްބާ ކަމަށެވެ.

މިގޮތަށް އެކްޓިވް ސަވައިލެންސްގެ ތެރެއިން ސާމްޕަލް ހެދިފައި ތިބި ބައެއް ބަންގުލަދޭޝްގެ ރައްޔިތުން ޓެސްޓް ހެދުމަށްފަހުގައި ވަނީ ފުރައިގެން ގޮސްފައެވެ. މިހާރު އޭގެ ތެރެއިން ތިން މީހެއްގެ ޓެސްޓް ހެދި އިރު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްކަން އެނގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިކަމާއި ގުޅިގެން މައުލޫމާތު ސާފްކޮށްފައިވާ ކަމަށާއި، މިކަމުގައި ލިބޭ ޖަވާބަކީ، ރިޕެޓްރިއޭޝަން ފުލައިޓުގައި ބަންގުލަދޭޝްއަށް ދިއުމަށްފަހު އެގައުމުގައި ކަރަންޓީންވާން ޖެހޭ ކަމަށެވެ. އަދި ބަންގުލަދޭޝްގެ ޓެސްޓިންގ ސްޓްރެޓެޖީއާ އެއްގޮތަށް އެގައުމަށް ދާ މީހުން ދޫކޮށްލާ ކަމަށާއި، އެގޮތަށް އަމަލުކުރަމުންދަނީ ރާއްޖެއިން ފޮނުވާލާ އެންމެން ޓެސްޓް ކުރަން ނުޖެހޭތީ އަދި އެންމެންގެ ޓެސްޓުގެ ނަތީޖާ ނުލިބި ފުރުވާލަން ޖެހޭތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި ތިބި ބަންގުލަދޭޝްގެ ރައްޔިތުންގެ ތެރެއިން 2000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި އަމިއްލައަށް އެދިގެން ދާން ބޭނުންވި މީހުންނެވެ.

މިހާތަނަށް ރާއްޖޭގައި 1155 ބަންގުލަދޭޝް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ 52.10 އިންސައްތައެވެ.

- ކޮމެންޓް