ކ. މާލެ
|
19 ޖޫން 2020 | ހުކުރު 22:08
މާލެ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއެކު ކުރިއަށް ގެންދިޔަ ރެންޑަމް ސާމްޕަލިންގެ މަންޒަރެއް
މާލެ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއެކު ކުރިއަށް ގެންދިޔަ ރެންޑަމް ސާމްޕަލިންގެ މަންޒަރެއް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
މިއަދު ޕޮޒިޓިވްވީ 13 މީހުން، އެކްޓިވް ކޭސްތަކުގެ އަދަދަކީ 371
ކުރު ދުވަހު ރާއްޖެއިން އިތުރު 13 މީހެއް ޕޮޒިޓިވްވި
އިތުރު 10 މީހަކު ބަލިން ރަނގަޅު ވެފައިވޭ
ރާއްޖެއިން ޕޮޒިޓިވްވި ޖުމުލަ ކޭސްތަކުގެ އަދަދު ވަނީ 2150ށް އަރާފަ

ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ، ހުކުރު ދުވަހު ރާއްޖެއިން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 10 މީހެއްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި ޖުމުލަ ކޭސްތަކުގެ އަދަދު ވަނީ 2150ށް އަރާފައެވެ.

އޭގެ އިތުރުން، ރާއްޖެއިން އިތުރު 10 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު ވަނީ 1660ށް އަރާފައެވެ. މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 371 އެވެ.

- ކޮމެންޓް