ކ. މާލެ
|
19 ޖޫން 2020 | ހުކުރު 22:00
ޓީޗަރުންތަކެއް - ޕްރޮގްރާމް ނިމޭއިރު 11,000ށް ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދޭ
ޓީޗަރުންތަކެއް - ޕްރޮގްރާމް ނިމޭއިރު 11,000ށް ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދޭ
މުހައްމަދު ޝަރުހާން
ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު
ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު 407 މުދައްރިސުންނަށް ދީފި: މިނިސްޓްރީ
މިއީ މިނިސްޓްރީއާ ޔުނިސެފް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ހިންގާ ޕްރޮގްރާމެއް
ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރާނެ
ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީނުދެއްވާ ބޭފުޅުން

ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު މިހާތަނަށް 407 މުދައްރިސުންނަށް ދެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

ހުކުރު ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމް ނިމޭއިރު 11,000ށް ގިނަ މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޔުނިސެފް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ބުނީ، މި ޕްރޮގްރާމަކީ ކޮވިޑް-19އާއި ގުޅިގެން އެކި ގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށް އިތުރު ތަމްރީން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، މި ތަމްރީންގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީނުދެއްވާ ބޭފުޅުންނެވެ.

- ކޮމެންޓް