ކ. މާލެ
|
19 ޖޫން 2020 | ހުކުރު 09:15
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން މަޖިލިސް އިދާރާ ވަނީ ޑިސްއިންފެކްޓްވެސް ކޮށްފައި
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން މަޖިލިސް އިދާރާ ވަނީ ޑިސްއިންފެކްޓްވެސް ކޮށްފައި
ރާއްޖެއެމްވީ
މަޖިލިސް އިދާރާގެ މުވައްޒަފަކު ޕޮޒިޓިވްވުން
މަޖިލީހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 29 މުވައްޒަފަކު އައިސޮލޭޓް ކުރެވިފައިވޭ: މަބްރޫކް
އެކަހެރި ކުރެވުނު 29 މީހުންނަކީ މަޖިލިސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން
ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި 11 މީހަކު ފާހަގަ ވެފައިވޭ
މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ ސްޓާފުން މަސައްކަތް ކުރަމުންދޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 29 މުވައްޒަފަކު އައިސޮލޭޓް ކުރެވިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މަޖިލިސް އިދާރާގެ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށެވެ. އެގޮތުން މިހާތަނަށް 29 ކޮންޓެކްޓެއް ދެނެގަނެ، އެކަހެރި ކުރެވިފައިވާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ، އެކަހެރި ކުރެވުނު 29 މީހުންނަކީ މަޖިލިސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އޭގެ ތެރެއިން "ޕޮސިބަލް ކޮންޓެކްޓްސް" ގެ އިތުރުން ކްލޯސް ކޮންޓެކްޓްސްގެ ގޮތުގައި 11 މީހަކު ފާހަގަ ވެފައިވާކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަޖިލިސް އިދާރާއިން ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ މަޖިލީހުގެ އިދާރާގެ މެއިންޓެނެންސް މުވައްޒަފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

މުޅި މަޖިލީހުގެ އިދާރާގައި 140ށް ވުރެ ގިނަ ސްޓާފުން މަސައްކަތް ކުރަމުންދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓްވެސް ކޮށްފައެވެ.

- ކޮމެންޓް