ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 22:23
ކޮވިޑަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދަނީ؛ މިހާތަނަށް 2013 މީހަކު ވަނީ ޕޮޒިޓިވްވެފައި
ކޮވިޑަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދަނީ؛ މިހާތަނަށް 2013 މީހަކު ވަނީ ޕޮޒިޓިވްވެފައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
އިތުރު ބަޔަކު ކޮވިޑް-19ށް ޕޮޒިޓިވްވުން
ރާއްޖޭގެ ކޮވިޑުގެ ހާލަތު: މިއަދު ރިޕޯޓްކުރެވުނީ ޕޮޒިޓިވް 10 ކޭސް، ބަލިން ފަސޭހަވީ 24 މީހަކު
 
ބަލިން ފަސޭހަވި ޖުމްލަ މީހުންގެ އަދަދު ވަނީ 1217ށް އަރާފައި
 
ފަރުވާ ދެމުންދަނީ 786 މީހަކަށް
 
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 1 ދިވެއްސަކު ހިމެނޭ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 10 މީހެއް ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 7 މީހެއްގެ އިތުރުން ނޭޕާލުގެ 2 މީހެކެވެ. އެއާއިއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2013ށް އަރާފައެވެ.

މީގެއިތުރުން، އިތުރު 24 މީހަކު ބަލިން ފަސޭހަވުމާއިއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 1217ށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޮވިޑް-19ށް ފަރުވާ ހޯދަމުންދަނީ ޖުމްލަ 786 މީހުންނެވެ.

އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ލޮކްޑައުންއަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެން ދެވަނަ ފިޔަވަހި ފަށައިގަންނާނެކަމަށް ސަރުކާރުން ހާމަކުރެއެވެ. ދެވަނަ ފިޔަވަހީގައި ކަނޑައެޅިފައިވާ ވަގުތުތަކުގައި، ހުއްދަ ނެގުމަކާއި ނުލާ ބޭރަށް ނިކުތުމުގެ ހުއްދަ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް