ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 22:30
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 38 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފައި
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ 38 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ޖަހާފައި
ރާއްޖެއެމްވީ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން
11 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި 38 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި
 
ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައި
 
މި މައްސަލަ ޚާއްސަ އިސްކަމެއްދީގެން ތަހުޤީޤު ކުރަމުންދޭ
 
މި މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިދިޔަ ބުދަ ދުވަހު

މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 7 ދުވަސް ޖަހައިފިއެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި މި މައްސަލައަށް ޚާއްސަ އިސްކަމެއްދީގެން ތަހުޤީޤު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން މި މައްސަލައިގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައިވާއިރު، މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައިވެސް އެފަދައިން އެދިވަޑައިގެން ފުރަތަމަ ފަހަރު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، 38 އަހަރުގެ މީހާ 7 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

11 އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހުގެރޭއެވެ. އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުންހުރި އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް