ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 19:35
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލާ ޓީމުން ކުރިއަށް ގެންދިޔަ ހަރަކާތެއް
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލާ ޓީމުން ކުރިއަށް ގެންދިޔަ ހަރަކާތެއް
ޓީމް މޯލްޑިވްސް
ރިސޯޓު މުވައްޒަފުންގެ ޙައްޤުތައް
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީ ފޭލްވެއްޖެ: ޓީމް
 
18،000 މީހެއްގެ ވަޒީފާއަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކޮށްފައިވޭ
 
މި ދަނޑިވަޅަކީ މުޅި ފަތުރުވެރިކަމުގެ ސިނާއަތު ދިވެހިންނަށް ޚާއްސަ ކުރަންވީ ވަގުތު
 
ވަންއެންޑް އޮންލީގެ 180ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވޭ

ރިސޯޓުތަކުން ރިޑަންޑެންސީގެ ޙާލަތުގައި މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކިކުރާ މައްސަލަ ބަލައި އެކަމަށް ފިޔަވަޅު އެޅުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ސަރުކާރަށް ގޮވާލައިފިއެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރި މައްސަލަ މީޑިއާތަކަށް ފެންމަތި ވެފައިވާއިރު، ގާތްގަނޑަކަށް 180ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޓީމުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާއިރު، އޭގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ދިވެހިންކަން ވެސް ޓީމުން ފާހަގަކޮށްފައިވެއެވެ. އަދި މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ފެއިލްވެފައިވާ ކަމަށާއި، މި ދަނޑިވަޅަކީ މުޅި ފަތުރުވެރިކަމުގެ ސިނާއަތު ދިވެހިންނަށް ޚާއްސަ ކުރަންވީ ވަގުތުކަން ވެސް ޓީމުން ފާހަގަކޮށްފައިވެއެވެ.

ޓީމުން އެހެން ބުނެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހުޅުވިގެން އަންނަ އިރު، ރިސޯޓު ވަޒީފާތައް ދިނުމުގައި ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް އިސްކަން ދިނުމަށާއި، ދިވެހި މުވައްޒަފުންގެ ރޭޝިއޯ ގަވައިދުގައިވާ އަދަދަށް ކަށަވަރުކުރުމަށް ގޮވާލާ މަޖިލިހަށް ޕެޓިޝަނެއްވެސް ވަނީ ހުށައަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަކީ ކޮވިޑްގެ މިިޙާލަތާ ގުޅިގެން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކުރަން ނިންމި އެއް ރިސޯޓެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރިސޯޓްގެ އޮޕަރޭޝަން ހުއްޓިފައިވާތީ ބައެއް މަގާމްތަކުން މުވައްޒަފުން ވަކިކުރަން ޖެހިދާނެކަން އަންގައި މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު މެމޯއަކުންވެސް އެކަން މުވައްޒަފުންނަށް އަންގާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތްތަކަށް ބަދަލު އައިސްފައިވާ ފަރާތްތަކަށް އެ މައްސަލަތައް ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި ޤާއިމު ކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވާން ހުޅުވާލުމުންވެސް ބައެއް ރިސޯޓު މުވައްޒަފުން މައްސަލަ ހުށައަޅާފައިވެއެވެ. ނަމަވެސް މައްސަލަ ހުށައަޅާފައިވާ އަދަދުތައް ނިސްބަތުން މަދުވެފައި ވަނީ ވަޒީފާގެ ބިރު އެ ފަރާތްތަކަށް އޮތުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއިއެކު، އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، އާމްދަނީއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެގޮތުން މިހާތަނަށް 18،000 މީހެއްގެ ވަޒީފާއަށް އެކި ގޮތްގޮތުން މިކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް