ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 18:14
ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތް ރެޕިޑް ރެސްޕޯންސް ޓީމުން ކުރަނީ؛ ރާއްޖޭގަައި ފަރުވާ ދެމުން އަންނަ މިހުންގެ އަދަދު ވަނީ ދަށްވެފައި
ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތް ރެޕިޑް ރެސްޕޯންސް ޓީމުން ކުރަނީ؛ ރާއްޖޭގަައި ފަރުވާ ދެމުން އަންނަ މިހުންގެ އަދަދު ވަނީ ދަށްވެފައި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ރަނގަޅުވި މީހުންގެ އަދަދު އިތުރުވުން
ރާއްޖެއިން ކޮވިޑް ޖެހުނު 59 އިންސައްތަ މީހުން ރަނގަޅުވެއްޖެ
 
1193 މީހަކު ވަނީ ބަލިން ރަނގަޅުވެފައި
 
މިވަގުތު ކޮވިޑަށް ފަރުވާ ދެމުންދަނީ 800 މީހުންނަށް
 
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2003ށް އަރާގައި

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިހާތަނަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 1193 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ 59.56 އިންސައްތައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 2003 އެވެ. ހުކުރު ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްފައިވަނީ 12 މީހެކެވެ.

ރާއްޖޭގައި 1193 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ 800 މީހުންނަށެވެ. މިއީ ބަލިޖެހުނު މީހުންގެ 39.94 އިންސައްތައެވެ. މީގެ ތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ ހިޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ވަކިވަކި ގައުމުތަކުގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލިޖެހިފައިވަނީ ބަންގުލަދޭޝް މީހުންނަށެވެ. އެއީ 1058 މީހުންނެވެ. މިއީ ބަލި ޖެހުނު މީހުންގެ 52.82 އިންސައްތައެވެ. ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 700ށް އަރާފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 34.95 އިންސައްތައެވެ.

އިންޑިއާގެ 191 މީހަކު ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 9.54 އިންސައްތައެވެ. މީގެ އިތުރުން ނޭޕާލްގެ 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިއީ ބަލި ޖެހުނު މީހުންގެ 1.20 އިންސައްތައެވެ. ސްރީލަންކާ އަދި އިޓަލީގެ 11 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ޕާކިސްތާނުގެ 3 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 5 މީހަކު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މި 5 މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ 41 އަހަރުގެ ފިރިހެނަކާއި، 49 އަހަރުގެ ތުރުކީ އަންހެނަކާއި، ސައުތް އެފްރިކާގެ 56 އަހަރުގެ ފިރިހެނަކާއި، ޖަރުމަންވިލާތުގެ 27 އަހަރުގެ އަންހެނަކާއި، އިނގިރޭސީވިލާތުގެ 32 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ 8 މީހެކެވެ. އެއީ ބަލި ޖެހުނު މީހުންގެ 0.40 އިންސައްތައެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތަފްސީލުތަކަށް ބަލާއިރު، ބަލިޖެހިގެން ނިޔާވި 4 ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި، 88 އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރުން 89 އަހަރުގެ އަންހެނެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 46 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެކެވެ.

މިހާތަނަށް 33،378 ސާމްޕަލް ވަނީ ނަގާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 742 މީހަކު ތިބި އިރު، ކަރަންޓީން ފެސިލިޓީތަކުގައި 346 މީހަކު އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް