ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 16:02
ތެލެސީމިއާ ސެންޓަރުގައި މީހަކު ލޭ ހަދިޔާ ކުރަނީ
ތެލެސީމިއާ ސެންޓަރުގައި މީހަކު ލޭ ހަދިޔާ ކުރަނީ
ޙުސައިން މަޚްތޫމް
ލޭ ހަދިޔާ ކޮށްދިނުމަށް އިލްތިމާސްކުރުން
ބްލަޑް ބޭންކުގެ ސްޓޮކް ދަށްވެ، ލޭ ހަދިޔާ ކޮށްދިނުމަށް އެދިއްޖެ
 
ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެއިންތިޒާމްތައް ވަނީ ހަމަޖައްސާދީފައި
 
ވަރަށް ބޮޑަށް ލޭގެ ސްޓޮކްވަނީ ދަށަށް ގޮސްފައި

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ސްޓޮކް ދަށަށްދާތީ ލޭ ހަދިޔާކޮށްދިނުމަށް އެދިއްޖެއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ލޭ ލިބުން ދަށްވެފައިވާކަން އެމްބީއެސްއިން ވަނީ މީގެ ކުރިން ބުނެފައެވެ. އެމްބީއެސްއިން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސްގައި ހުރި ލޭގެ މިންވަރު މަދުވެފައިވާ ކަމަށާއި، ލޭ ހަދިޔާކޮށްދިނުމަށް އެދޭ ކަމަށެވެ.

ލޮކްޑައުންއާއި ގުޅިގެން ލޭގެ ސްޓޮކް ދަށްވެފައިވާއިރު އަދި ގިނަ ގޮންޖެހުންތައް ކުރިމަތިވާއިރު، މިދުވަސްވަރު ލޭ ހަދިޔާކުރާ މީހުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެމްބީއެސްއިން ބުނެއެވެ.

އެމްބީއެސްއިން ބުނީ ގަވާއިދުން ލޭ އަޅަންޖެހޭ ކުދިން ތިބިއިރު ސްޓޮކް ދަށަށްދާ ކަމަށެވެ. ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފްތާއަކު 160 ޔުނިޓްގެ ލޭ ބޭނުންވާކަން ފާހަގަކޮށް އެމްބީއެސްއިން ބުނީ ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ވީހާވެސް ގިނަ ބައެއް ލޭ ހަދިޔާކޮށްދިނުމަށް އެދޭ ކަމަށެވެ.

އެމްބީއެސްގެ ސްޓޮކްގައި ހުރި ލޭ މަދުވެގެން އެތަނުން ވަނީ ލޭ ހަދިޔާކުރުމަށް މިދިޔަ މާޗު މަހުން ފެށިގެން އެކި ފަހަރު މަތިން އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް