ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 19:32
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު؛ ސަރުކާރުން ހައުސިންގ މިނިސްޓްރީ އުވާލުމާއި ގުޅިގެން މުއިއްޒު ވަނި އެއީ ސަރުކާރުން ބޯހިޔާވަހިކަމަށް އިސްކަން ނުދެއްވާކަން ހާމަވާކަމެއް ކަމަށް ވިދާޅުވ
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު؛ ސަރުކާރުން ހައުސިންގ މިނިސްޓްރީ އުވާލުމާއި ގުޅިގެން މުއިއްޒު ވަނި އެއީ ސަރުކާރުން ބޯހިޔާވަހިކަމަށް އިސްކަން ނުދެއްވާކަން ހާމަވާކަމެއް ކަމަށް ވިދާޅުވ
މުހައްމަދު ޝަރުހާން
ހައުސިންގ އުވާލުމުން މުއިއްޒުގެ ފާޑުކިއުން
ހައުސިން މިނިސްޓްރީ އުވާލުމަކީ ބޯހިޔާވަހިކަމަށް ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް: މުއިއްޒު
 
ސަރުކާރުގެ ވިސްނުންވެސް މިއަދު ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިގައްޖެ
 
ބޯހިޔާވަހިކަމުގެ މައްސަލައަށް ދޭންޖެހޭ އިސްކަން މިހާރު ދެވިގެން ނުދާނެ
 
ފެނިގެންދަނީ ވާސިލްވާނެ މަންޒިލެއް ނޭނގޭ ލާހޫރޭ ބަޔަކު ކަންކުރަ ގޮތަށް ކަންކަން ކުރައްވާ މަންޒަރު: މުއިއްޒު

ހައުސިންގ މިނިސްޓްރީ އުވާލުމަކީ "ވާސިލްވާނެ މަންޒިލެއް ނޭނގޭ ލާހޫރޭ ބަޔަކު" ކަންކުރައްވާ ގޮތަށް ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ސިފަ ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު ޢާޠިފާ އެ މަގާމުން އިސްތިޢުފާ ދެއްވުމާއިއެކު ހައުސިންގ މިނިސްޓްރީ އުވާލައި، މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.

މިކަމާއި ގުޅިގެން ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ ފެނިގެން މިދަނީ "ހަދާނެ އަދި ކަންކުރާނެ ގޮތެއް ނޭނގި އެއްވެސް ކަހަލަ ދެއުޅިއެއް ނެތް، ވާސިލްވާނެ މަންޒިލެއް ނޭނގޭ ލާހޫރޭ ބަޔަކު ކަންކުރަ ގޮތަށް ކަންކަން" ކުރައްވާ ތަން ކަމަށެވެ. ޕްލޭނިންގެ ދަށަށް ހައުސިންގެ މަސައްކަތްތައް ބަދަލުކުރުމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން އުފެއްދެވި މިނިސްޓްރީ މިހާރު ގާތްގަޑަކަށް އުފެދިގެން އައީ ކަމަށެވެ. އަދި މި ސަރުކާރުން ހައުސިން ވަކިކޮށްފައި އޭގެ މެންޑޭޓްގައި ހުރި ބޮޑު ބައެއް ޕްލޭނިންގއަށް ބަދަލުކޮށް ނަމުގައި ހައުސިން މިނިސްޓްރީއެއް ބާއްވައިގެން އެއްވެސް ބާރެއް ނެތް ގޮތެއްގައި ހިނގިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ހަގީގަތުގައި ހުރިހާ ބާރެއް ޕްލޭނިންގ މިނިސްޓްރީގައި، ޕްލޭނިންގ މިނިސްޓަރުގ އަތްޕުޅުގައި އޮތީ. ދެން އަނެއްކާ ހައުސިންގ ނަގާ އެއަށް މިލީ. އެހެންވީމަ ހަދާނެ ނަހަދާނެއެއް ނޭނގިގެން އުޅޭތަން ފެންނަނީ. ދެން އަނެއްކާ ބޯހިޔާ ވަހިކަމަކީ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އެހެންވީމަ އެ މައްސަލައަށް ދޭންޖެހޭ އިސްކަން މިހާރު ދެވިގެން ނުދާނެ. ޕްލޭނިންގ އަށް އިސްކަން ދެވިފައި އެ އޮތީ ހައުސިންގް އަށްވުރެ ނަންތައް ތަރުތީބު ކުރެވިފައި އޮތް ގޮތުން ވެސް.
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ނަމަށް ގެނައި ބަދަލާއެކު ބޯހިޔާވަހިކަމަށް ދޭން ޖެހޭ އިސްކަން ކުޑަވެގެން ދިޔަކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ މުހިންމުވި ދަނޑިވަޅުގައި ހައުސިންގއަށް ހާއްސަ މިނިސްޓްރީއަށް އޮވެ އެ އުވާލެވިގެން ދިޔަތަން މިއަދު ފެނިގެން ގޮސްފި ކަމަށާއި، މަންޒަރު ވަރަށް ސާފު އަދި މެސެޖް ވެސް ވަރަށް ސާފު ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށް ވަކި މިނިސްޓްރީއެއް ބާއްވަން ސަރުކާރުން ބޭނުން ނުވާ ކަން ހާމަވުމުގެ އިތުރުން، ސަރުކާރުގެ ވިސްނުންވެސް މިއަދު ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިގައްޖެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް