ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 19:11
ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ؛ ނޫމަޑި މައްސަލައިގެ ތަހުގީގަށް މާދަމާ ފުލުހަށް ހާޒިރުވުމަށް މުއިއްޒުއަށް ވަނި އަނ
ހައުސިންގ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ؛ ނޫމަޑި މައްސަލައިގެ ތަހުގީގަށް މާދަމާ ފުލުހަށް ހާޒިރުވުމަށް މުއިއްޒުއަށް ވަނި އަނ
މިހާރު
މުއިއްޒު ފުލުހަށް ހާޒިރުކުރުން
ނޫމަޑި މައްސަލައިގައި އަނެއްކާ ވެސް މުއިއްޒު ފުލުހަށް ހާޒިރު ކުރަނީ
 
މުއިއްޒު ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި
 
މުއިއްޒު ވިދާޅުވީ މިއީ ސަރުކާރުން އޮޅޭ ކަންކަމުގެ ވާހަކަތަކުގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމަށް
 
ނޫމަޑި މައްސަލައިގައި ފުލުހަށް މުއިއްޒު ހާޒިރުކުރާ މިއީ 2 ވަނަ ފަހަރު

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ފުލުހުން ހާޒިރުވުމަށް އަންގައިފިއެވެ.

މުއިއްޒު ފުލުހަށް ހާޒިރުވުމަށް އެދި ފޮނުވާފައިވާ ޗިޓުގައި ވަނީ ހުކުރު ދުވަހުގެރޭ 8:15 އަށް ފުލުހުންގެ އިދާރާއަށް ހަޒިރުވުމަށް އަންގާފައެވެ. މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް އަންގާފައިވަނީ ފުލުހުން ބަލަމުން އަންނަ ނޫމަޑި މައްސަލައިގައި ކަމަށެވެ.

ޗެނަލް13އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ފުލުހުންގެ ފަރާތުން ޗިޓު ފޮނުވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ގަޑިއެއްގައި ކަމަށާއި، ފުލުހުން އެދިލައްވާފައިވާ ގޮތަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުލުހުން އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ސަރުކާރަށް "އޮޅޭތީ" އެކަމުގެ ފޯކަސް ބަދަލުކޮށްލަން ވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކުރާ ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށާއި، މި ދުވަސްވަރަކީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ތެރެއިން އަޅުއްވާފައި ރައްޔިތުންނަށް ފުލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރެވިފައި ހުރި ފަރާތްތަކަށް އެކި ކަހަލަ ހިތާމަވެރި ހަބަރުތައް ދެމުންދަ ދުވަސްވަރެއް ކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމުގެ ކަންތައްތައް ވެސް އެބަ ހިނގާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ހަގީގަތް ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ބަރިބަރިއަށް ޗިޓް ފޮނުއްވައިގެން ޕޮލިހަށް ގެންދިޔަސް މައުލޫމާތު އެނގޭ މިންވަރަކުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަތައް ހާމަކުރައްވާނެ ކަމަށެވެ.

ނޫމަޑި މައްސަލައިގައި ފުރަތަމަ މުއިއްޒު ފުލުހަށް ހާޒިރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ މުއިއްޒު، ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި މުއިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި، އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން އެދިފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް