ކ. މާލެ
|
10 ޖޫން 2020 | ބުދަ 12:27
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު؛ ބޭރުގައި ކިޔަވާ ދަރިވަރުން އަނބުރާ އެގައުމުތަކަށް ފުރުވާލެވޭނެ ގޮތްތަކެއް ދަނީ ހޯދަމުން
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު؛ ބޭރުގައި ކިޔަވާ ދަރިވަރުން އަނބުރާ އެގައުމުތަކަށް ފުރުވާލެވޭނެ ގޮތްތަކެއް ދަނީ ހޯދަމުން
އެންއީއޯސީ
ބޭރުގައި ކިޔަވާ ދަރިވަރުން
ސްރީލަންކާ އާއި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ފުރުވާލެވޭނެ ގޮތްތަކެއް ހޯދަނީ
 
ފޮރިން މިނިސްޓްރީން މިކަމުގައި އަންނަނީ މަސައްކަތްތަކެއް ކުރަމުން
 
މެލޭ އަދި ލަންކާއަށް ދަރިވަރުން ފުރުވާލުމަށް އެމްބަސީތަކާއި ދަނީ ވާހަކަ ދެކެވެމުން

ސްރީލަންކާ އާއި މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން އަނބުރާ އެ ޤައުމުތަކަށް ފުރުވާލެވޭނެ ގޮތްތަކެއް ހޯދަމުން އަންނ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސްރީލަންކާ އާއި މެލޭޝިއާގައި ކިޔަވަމުން އައި ދިވެހި ދަރިވަރުން އަނބުރާ އެ ޤައުމަށް ފުރުވާލެވޭނެ ގޮތްތަކެއް ހޯދަމުން ދަނީ އެ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ބައެއް ކޮލެޖު ޔުނިވަރސިޓީތައް ހުޅުވުމަށް ތައްޔާރުވަމުން ދާތީއެވެ. މި ދެޤައުމުގައި ތިބި ދަރިވަރުން ރާއްޖެ ގެނައީ ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އެ ދެޤައުމުގެ ކޮލެޖު ޔުނިވަރސޓީތައް ބަންދުކޮށް ޤައުމު 'ލޮކްޑައުން' ކުރުމާއި ގުޅިގެންނެވެ.

ސްރީލަންކާ އާއި މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުން އަނބުރާ އެޤައުމުތަކަށް ފޮނުވާލަން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ދެ ޤައުމުން ކުރެ އެއްވެސް ޤައުމެއްގައި އެހެން ޤައުމުތަކުގެ ކުދިން އަނބުރާ އެތެރެވުމަށް އަދި ހުއްދަ ދީފައި ނުވާ،ތީ އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން ގެންދާ ކަމަށެވެ.

މިހާތަނަށް ލިބޭ މަޢުލޫމާތަކީ ދެޤައުމުން ކުރެ އެއްވެސް ޤައުމެއްގައި އެހެން ޤައުމުތަކުގެ ކުދިން ދިއުމަށް އަދި ހުއްދަ ދީފައި ނުވާތީ އެކަމުގެ އިންތިޒާމުތައް ރޭވުމުގެ މަސައްކަތްތައް ކުރަންޖެހޭކަން އަދި އެ ހުއްދައަށް އެދެންޖެހޭކަން އަދި ފޮރިން މިނިސްޓްރީން މިކަމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް،
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މި ދެޤައުމުގައި ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ އިރު، މީގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އައީ ބައެއް ދަރިވަރުންނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވެފައި ވަނީ މެލޭޝިއާއިން 2 ފުލައިޓެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުތައް ތާވަލު ކުރެވިފައިވަނީ މި މަހުގެ 15 ވަނަ ދުވަހާއި 17 ވަނަ ދުވަހު ކަމަށެވެ.

އަދި ފޮރިން މިނިސްޓްރީއާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން، މޯލްޑިވިއަން އެއަރލައިނާއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، މަޝްވަރާ ކުރަމުންދަނީ ރާއްޖެއަށް ގެންނާނެ މީހުން ކަނޑައެޅުމަށް ކަމަށެވެ. އަދި ކަނޑައެޅޭ ބަޔަކަށް ޓިކެޓު ވިއްކުމުގެ މަސައްކަތް މޯލްޑިވިއަނުން ކުރިޔަށްގެންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
0%
83%
0%
0%
ކޮމެންޓް