ކ. މާލެ
|
10 ޖޫން 2020 | ބުދަ 09:35
މާލޭގެ މަޖީދީ މަގުން މީހަކު ހިނގާފައި ދަނީ؛ ލޮކްޑައުންގެ ފުރަތަމަ ފޭސް މާދަމާއަށް ހަމަވާނެ
މާލޭގެ މަޖީދީ މަގުން މީހަކު ހިނގާފައި ދަނީ؛ ލޮކްޑައުންގެ ފުރަތަމަ ފޭސް މާދަމާއަށް ހަމަވާނެ
ރާއްޖެއެމްވީ
މާލޭގެ ލޮކްޑައުން
ލޮކްޑައުންގައި ދެވޭނެ އިތުރު ލުއިތައް މިރޭ ހާމަކުރަނީ
 
ފުރަތަމަ ފިޔަވަހި އިއުލާން ކުރީ މިިދިޔަ މަހުގެ 29 ވަނަ ދުވަހު
 
ފުރަތަމަ ފިޔަވަހީގެ 2 ވަނަ ހަފްތާ މާދަމާއަށް ހަމަވާނެ އަދި ދެވަނަ ދިޔަވައްސަށް އަމަލުކުރަން ފަށާނެ

ލޮކްޑައުންގެ ދެވަނަ ފިޔަވަހީގައި ދެވޭ ލުއިތައް ބުދަ ދުވަހުގެ ރޭ (މިރޭ) ހާމަކުރުމަށް ނިންމައިފި އެވެ.

'ލޮކްޑައުން' އަށް ލުއިތަކެއްދީ ފުރަތަމަ ފިޔަވަހީގެ ދެވަނަ ހަފުތާ މާދަމާއަށް ހަމަވާނެ އެވެ. 'ލޮކްޑައުން' އަށް ލުއިތަކެއް ދީފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ފިޔަވަހިތަކަށް ބަހާލައިގެން ލުއިތައް ދިނުމަށް ވަނީ ނިންމާފަ އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކުރިއަށް ހުރި ފިޔަވަހިތަކުގައި ދޭނެ ލުއިތައް އެނގި، ތައްޔާރުވާން ބޭނުންވާނެކަން ޤަބޫލުކުރައްވާ ކަމަށާއި، އެގޮތުން އަންގާރަ ދުވަހުގެ ރޭ ވެސް އެ މަޢުލޫމާތު ހިއްސާކުރަން އޮތްނަމަވެސް ޕޮލިސީ ބައްދަލުވުންތަކެއް ކުރިއަށްދާތީ އެ މަޢުލޫމާތު ހިއްސާކުރުން ފަސްކުރެވިފައިވާ ކަމަށެވެ. އަދި އެ ލުއިތައް ބުދަ ދުވަހު (މިރޭ) އިއުލާނު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ މާދަމާ ރޭ ސާފުކޮށް ކުރިއަށްހުރި މަރުހަލާތައް ހިނގާނެ ގޮތް ކިޔައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ޕްލޭނިންގައި މަސައްކަތްކުރާ ބޭފުޅުން ތިބޭފުޅުންނާ ބައްދަލުކުރައްވާ އެކަން ކޮށްދެވޭނެ ކަމަށް،
އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު

'ލޮކްޑައުން' އަށް ލުއިތަކެއް ދިން ނަމަވެސް، ފުރަތަމަ ފިޔަވަހީގައި ރަށްރަށް ދަތުރު ކުރުމާއި، 'ހައިރިސްކް' މީހުންނާއި ކުޑަކުދިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ވިޔަފާރި ކުރަން ހުއްދަ ދެވޭ ގަޑިއަށް ބަދަލު ގެނެސް ކޮންމެ ގޭބިސީއަކުން 3 މީހަކަށް 2 ގަޑި އިރަށް 2 ދުވަހު ނުކުމެވޭ ގޮތަށް ހުއްދަ ދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
0%
17%
0%
67%
ކޮމެންޓް