ކ. މާލެ
|
10 ޖޫން 2020 | ބުދަ 08:30
އެންއީއޯސީގެ އާރުއާރު ޓީމުން ހަރަކާތްތެރިވަނީ؛ ރާއްޖޭގައި ބަލި ޖެހުނު މީހުންނަށްވުރެ ރަނގަޅުވި މީހުންގެ އަދަދު ވަނި މައްޗަށް އަރާފައި
އެންއީއޯސީގެ އާރުއާރު ޓީމުން ހަރަކާތްތެރިވަނީ؛ ރާއްޖޭގައި ބަލި ޖެހުނު މީހުންނަށްވުރެ ރަނގަޅުވި މީހުންގެ އަދަދު ވަނި މައްޗަށް އަރާފައި
ރާއްޖެއެމްވީ
85 މީހަކު ބަލިން ރަނގަޅުވުން
އިތުރު 85 މީހަކު ބަލިން ފަސޭހަވެ ރަނގަޅުވި މީހުންގެ އަދަދު ހާހަކަށްވުރެ މައްޗަށް
 
ރަނގަޅުވި މީހުންގެ އަދަދު 1010ށް
 
ފަރުވާ ދެމުންދަނީ 922 މީހުންނަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 85 މީހަކު ބަލިން ފަސޭހަވެ، ރަނގަޅުވީ މީހުންގެ ޢަދަދު 1000ށް ވުރެ މައްޗަށް އަރައިފި އެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އަންގާރަ ދުވަހުގެ ހަވީރު 6:00އާ ހަމައަށް އިތުރު 85 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، މިވަގުތު ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 922 ކަމަށެވެ.

މިއަދު (އަންގާރަ ދުވަހު) ސާމްޕަލް ނެގިފައިވާ އަދަދަކީ 809 އަދި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް 85 މީހަކު ވަނީ ބަލިން ފަސޭހަވެފައި. ޖުމުލަ އެކްޓިވް ކޭސްއަކީ 922. އާ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 70 އާ ކޮންޓެކްޓެއް ފެނިފައިވޭ. 485 ތަނެއް މޮނިޓަރިންގެ ހާލަތުގައި. އެޑްމިޓް ކުރެވިފައިވަނީ 10 މީހަކު. 9 މީހުން ވޯޑް އަދި 1 އައިސޫޔޫގައި،
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ އަންގާރަ ދުވަހު 934 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އަދި އެ މަޢުލޫމާތު ސާމްޕަލް ނެގުނު ފަރާތްތަކަށް އަންގަމުން ދާ ކަމަށާއި މިހާތަނަށް 446 މީހަކަށް ސާމްޕަލްގެ ނަތީޖާ އަންގާފައިވާ ކަމަށެވެ. ނަމަވެސް 32 މީހަކު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ސާމްޕަލްގެ ނަތީޖާ އެންގިފައި ނުވާ ކަމަށާއި، މީގެ ތެރެއިން އެއްފަރާތެއްގެ ފޯނުގެ ޚިދުމަތް ކަނޑާލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް