ކ. މާލެ
|
10 ޖޫން 2020 | ބުދަ 12:52
ނ. މާޅެންދޫ؛ އަންހެނަކަށް ހަމަލާދީގެން ފުލުހުނަން ރިޕޯޓް ކުރީ މިރަށުން
ނ. މާޅެންދޫ؛ އަންހެނަކަށް ހަމަލާދީގެން ފުލުހުނަން ރިޕޯޓް ކުރީ މިރަށުން
ގޫގުލް
ހަމަލާދިން މީހަކު ހައްޔަރު ކުރުން
އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
 
ނ. މަނަދޫ ފުލުހުން ދަނީ މި މައްސަލަ ބަލަމުން
 
ހައްޔަރު ކުރީ 50 އަހަރުގެ ފިރިހެނެއް

ނ. މާޅެންދޫގައި އަންހެނަކަށް ޙަމަލާދީ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 6:45 ހާއިރު މާޅެންދޫގެ ގެއެއްގެ ވަލުފަރާތު ގަސްތަކުތެރޭ 39 އަހަރުގެ އަންހެނަކު ހުއްޓާ 50 އަހަރުގެ ފިރިހެނަކު އައިސް އޭނާއަށް ޙަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރެވުނު ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން އަންގާރަ ދުވަހުގެ ހަވީރު 6:05 ގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ ނ. މަނަދޫ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން 'ލޮކްޑައުން' ކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޖިސްމާނީ އަނިޔާގެ އެކިއެކި މައްސަލަތައް އަންނަނީ ހުށަހެޅެމުންނެވެ. އަދި މިހާތަނަށް މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވެސް ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
0%
0%
80%
0%
0%
ކޮމެންޓް