ކ. މާލެ
|
9 ޖޫން 2020 | އަންގާރަ 22:43
ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް
ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ރާއްޖޭގެ ކޮވިޑުގެ ހާލަތު: އެކްޓިވް ކޭސްތަކަށް ވުރެ ރިކަވަރވި މީހުންގެ އަދަދު މައްޗަށް
އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 7 މީހުން
ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ 1010
މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 922

ކޮވިޑް-19 ރޯގާ ޖެހިގެން މި ވަގުތު ފަރުވާދެމުން އަންނަ މީހުންނަށް ވުރެ، ބަލިން ފަސޭހަވެފައިވާ މީހުންގެ އަދަދުތައް މައްޗަށް ގޮސްފިއެވެ.

ކޮވިޑުގެ ހާލަތު ބަޔާންކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓުގައި ޖުމްލަ ރިވަކަރވި މީހުންގެ އަދަދަކީ 1010 ކަމަށް ބަޔާންކޮށްފައިވާއިރު، މި ވަގުތު ފަރުވާދެމުން ދަނީ 922 މީހުންނަށެވެ. މިއީ މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ޖާމީ ފެތުރުން ދެނެގަނެވި، ބަލި މީހުންގެ އަދަދުތައް އިތުރުވާން ފެށި ފަހުން އެކްޓިވް ކޭސްތަކަށް ވުރެ ރިކަވަރވި މީހުންގެ އަދަދުތައް އިތުރުވީ ފަހަރެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައިވަނީ ވަނީ 26 މީހަކަށެވެ. މިއީ ފާއިތުވި ތިން ދުވަހު ފެނުނު ކޭސްތަކުގެ އަދަދުތައް އެއްކޮށްލުމުން އަރާ ވަރަށް ވުރެ ބޮޑު އަދަދަކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 19 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 7 މީހުންނެވެ.

- ކޮމެންޓް