ކ. މާލެ
|
10 ޖޫން 2020 | ބުދަ 03:44
ކޯޓުން އެގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައި
ކޯޓުން އެގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައި
ރާއްޖެއެމްވީ
ޖިނާއީ އިޖުރާއަތުގެ ޤާނޫނު
"ކުދި ކުށްތަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށް ވުރެ އިތުރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން"
 
ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ބާތިލުކޮށްފަ
 
މިއީ ލޯބިވެރިޔާއާ މާރާމާރީ ހިންގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް
 
މިއީ ޕީޖީ އޮފީހަށް ރައްދުވާ މައްސަލައެއް

ކުދި ކުށްތަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރުކުރުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ހައި ކޯޓުން ބުނެފި އެވެ.

އަންގާރަ ދުވަހު ހައި ކޯޓުން ކުރި ޙުކުމެއްގައި ބުނީ، މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ޙާލަތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ދެވޭ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ކުރުމަކީ ޖިނާޢީ ޢިޖުރާއަތު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި "ޤާނޫނު ހުރީ ހަނު" ކަން ޙުކުމުގައި ފާހަގަކޮށްފައި ވެއެވެ.

ޕީޖީ އޮފީހަށް ރައްދުވާ މި އިސްތިޢުނާފު މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ލޯބިވެރިޔާއާ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އެކަމުގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން އޭނާ 'ކަސްޓޯޑިއަލް' ޖަލެއްގައި ބެހެއްޓުމަށް އެދި ކްރިމިނަލް ކޯޓަށް، ޕީޖީ އޮފީހުން ހުށައެޅި މައްސަލައަކާ ގުޅިގެން އިސްތިޢުނާފު ކުރި މައްސަލައެކެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ މުއްދަތު އަޑުއެހުމަށް މައްސަލައިގެ ބާވަތެއް ކަމުގައި ހުށައަޅާފައި ވަނީ "މާރާމާރީ ހިންގުން" ކަންވެސް ޙުކުމުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެއީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކުރާ ފަދަ ބޮޑު މައްސަލައެއް ނޫންކަންވެސް ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައިގެ އިސްތިޢުނާފުގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ، މިއީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާން ކުރާފަދަ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާއިރު، އެފަދަ ބޮޑު ކުށެއް ނޫން ނަމަ 15 ދުވަހަށްވުރެ އިތުރަށް ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ)އާއި، ދިވެހި ރާއްޖޭގެ ހައި ކޯޓުން އެފަދަ މައްސަލަ ތަކާއި ގުޅިގެން ނިންމާފައިވާ ގަޟިއްޔާގެ އުޞޫލުތަކާ ޚިލާފަށް ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ.

ހައި ކޯޓުން 2018 ވަނަ އަހަރު ނިންމި މައްސަލައެއްގައި ވަނީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ)ގެ ދަށުން ފަނޑިޔާރަށް ލިބިގެންވީ އިޚުތިޔާރީ ބާރުގެ ތެރެއިން މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތު އިތުރު ކުރެވޭނީ އެއީ ޖިނާޢީ ބޮޑު މައްސަލައަކަށް ވާނަމަ ކަންވެސް ހައި ކޯޓުން އޭރު ކުރި ޙުކުމުގައި ޤާއިމުކޮށްފައިވާ އުޞޫލުގައި ބުނެފައި ވެއެވެ.

އެ ސަބަބުތަކަށް ރިޢާޔަތް ކޮށް ހައި ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި އަޑުއެހުމުގައި ކުރި ޙުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު ބާޠީލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް