ކ. މާލެ
|
8 ޖޫން 2020 | ހޯމަ 05:06
2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ރާއްޖެ އެމްވީ
އިދިކޮޅުން މަޖިލިސް ޖަލްސާ ބޮއިކޮޓްކުރުން
އިދިކޮޅު މެންބަރުންނަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ބުނެ، އިދިކޮޅުން ހޯމަ ދުވަހުގެ ޖަލްސާ ބޮއިކޮޓްކޮށްފި
 
ރިޔާސަތުން މަޖިލީހުގެ ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާކަމަށް ބުނޭ
 
އިދިކޮޅުން ބުނީ، މެމްބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށްކަމަށް
 
އިދިކޮޅަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގެންފައިވާ ކަމަށް ބުނެފައިވޭ

މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ބުނެ، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް ޖަލްސާ އިދިކޮޅުން ބޮއިކޮޓްކޮށްފިއެވެ.

މަޖިލިސް ޖަލްސާ ބޮއިކޮޓްކުރަން ނިންމިކަން ބަޔާންކޮށް އާދިއްތަ ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، 2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ކަމަށެވެ. އަދި މެމްބަރު ޝިޔާމަށް ވެރިކަން ކުރާ މައި ޕާޓީގެ މެމްބަރުން އަނިޔާ ކުރައްވާފައިވާ ކަމަށާއި، އެކަމާގުޅޭ ޖިނާޢީ ތަޙްޤީޤެއްވެސް މިހާރު ހިނގަމުންދާކަމަށް ބުނެފައިވެއެވެ.

އެ ދުވަހުގެ ޖަލްސާގައި މަޖިލިސް ތަޅުމުގައި މާރާމާރީ ހިންގާފައިވަނީ ރިޔާސަތުގެ އެންގެވުމަކަށް ކަން ތުހުމަތުކޮށް އިދިކޮޅުގެ ބަޔާނުގައި ބުނީ، މެންބަރު ޝިޔާމުގެ ޙާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.

އޭގެ އިތުރުން، މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަން ބަޔާންކޮށް އިދިކޮޅުން ބުނީ، ރިޔާސަތުން މަޖިލީހުގެ ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާ ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، މަޖިލީހުގައި މާރާމާރީ ހިންގާފައިވަނީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން މާރާމާރީ ހިންގީ ރައްޔިތުންގެ މަޖިލީހާއި، މެންބަރުންގެ ސަލާމަތީ ކަންކަން ދައުލަތުގެ ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމު ކޮށްފައި ނުވާތީ ކަމަށެވެ.

އެއާއެކު އިދިކޮޅު މެންބަރުންނަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ބުނެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަން ބަޔާން ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޕޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ބާއްވަމުން އަންނަ ގަޑި ކަމަށްވާ ހެނދުނު 09:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
17%
17%
0%
33%
0%
33%
ކޮމެންޓް