ކ. މާލެ
|
8 ޖޫން 2020 | ހޯމަ 03:44
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް (ވ-2) އާއި ނައިބު ރައީސް މުހައްމަދު ޒާހިދު
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް (ވ-2) އާއި ނައިބު ރައީސް މުހައްމަދު ޒާހިދު
ޓްވިޓަރ
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެޗްއާރްސީއެމުން ހަދަންޖެހޭ ޤަވާއިދު 30 ދުވަސްތެރޭ ހެދުމަށް ޕީޖީ އަންގަވައިފި
 
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕީޖީއަށް އެ ބާރު ލިއްބައިދޭ
 
30 ދުވަސްތެރޭ ޤަވާއިދު ހަދައި ގެޒެޓުގައި ޝާއިއު ކުރަން ޖެހޭ
 
އެއީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ބަޔާންކުރާ ގަވާއިދެއް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް )އިން ހަދަންޖެހޭ ޤަވާއިދު 30 ދުވަސްތެރޭ ހެދުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އެ ކޮމިޝަނަށް އަންގަވައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން ހަދަންޖެހޭކަމަށް ބަޔާންކުރާ ގަވާއިދެއް ކަމަށެވެ. އަދި މި ޤަވާއިދު ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައި ނުވާކަން ޕީޖީ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނުގެ ދަށުން ތަހުޤީޤު ކުރުމާ ގުޅޭ ކަންކަމުގައި ޤަވާއިދުތައް ހަދާނީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ.

ޕީޖީ އޮފީހުން ބުނީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެ ގަވާއިދު 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ޖެޒެޓްގައި ޝާއިޢުކުރުމަށް އާދިއްތަ ދުވަހު އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެޗްއާރްސީއެމްގެ މެމްބަރުން ވަކިކުރަން މަޖިލީހަށް މައްސައެއްވެސް ވަނީ ހުށައަޅާފައެވެ. އެގޮތުން އެ ކޮމިޝަނަށް ގާނޫނުން މަތިކުރެވިފައިވާ ޒިންމާ އަދާނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްވެސް ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް