ބޮލީވުޑް ފިލްމް "ރޮކެޓްރީ" ގައި ޝާހުރުކް ޚާން ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މުމްބާއީ މިރޯގައި ރިޕޯޓްކޮށްފައިވަނީ އާރު މާދަވަންގެ އަންނަން އޮތް ފިލްމްގައި ޝާހުރުކް ޚާން އަދާކުރާ ރޯލު ވަރަށް ކުޑަވާނެ ކަމަށާއި ނަމަވެސް އެ ރޯލަކީ ފިލްމްގައި ވަރަށް މުހިއްމު ރޯލެއް ކަމަށެވެ.
ޝާހުރުކް ޚާން މިދިޔަ އަހަރު ވަނީ ދެ ފިލްމެއްގައި މުހިއްމު ރޯލެއް ޝޫޓްކޮށްފައެވެ. މިދިޔަ އަހަރު ޝޫޓް ކޮށްފައިވާ ޝާހުގެ ޚާއްސަ ފެނިލުމެއް ފެނިގެންދާނެ ދެ ފިލްމަކީ "ރޮކެޓްރީ" އާއި އަޔާން މުކަރްޖީގެ ފިލްމް "ބަރްމާސްތްރާ" އެވެ.
"ބްރަމަސްތްރާ" ގައި ލީޑް ރޯލުން ފެނިގެންދާނީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.
2018 ވަނަ އަހަރު ރިލީޒްކުރި ޝާހުރުކްގެ ފިލްމް "ޒީރޯ" ގައި އޭނާ ނާސާގެ ސައިންސިސްޓެއްގެ ރޯލް އަދާކޮށްފައިވާއިރު "ރޮކެޓްރީ" ގައި ފެނިގެންދާނީ ސައިންސިސްޓަކާއި އިންޓަވިއުކުރާ ޖާރނަލިސްޓެއްގެ ގޮތުގައެވެ.
"ރޮކެޓްރީ" އަކީ ކުރީގެ ސައިންސިސްޓެއް އަދި އެއިރޯ ސްޕޭސް އިންޖިނިއަރެއް ކަމަށްވާ ނަމްބީ ނަރަޔާނަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ.
މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދާނީ މާދަވަންއެވެ. އަދި މި ފިލްމް ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީވެސް އޭނާ އެވެ. މި ފިލްމްގައި އަންހެން ލީޑް ރޯލުން ފެނިގެންދާނީ ސިމްރަން އެވެ.