ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 13:46
ގުޅިފަޅު ހިއްކަން ފެށުމައެކު އެ ސަރަހައްދަށް ކިސަޑު ފެތުރިފައި؛ މި މައްސަލަ މަޖިލީހުގެ އެންވަޔރަމަންޓް ކޮމިޓީން އަންނަނީ ބަލަމުން
ގުޅިފަޅު ހިއްކަން ފެށުމައެކު އެ ސަރަހައްދަށް ކިސަޑު ފެތުރިފައި؛ މި މައްސަލަ މަޖިލީހުގެ އެންވަޔރަމަންޓް ކޮމިޓީން އަންނަނީ ބަލަމުން
އީޕީއޭ
ގުޅިފަޅު ހިއްކުމުގެ މައްސަލަ
'ލޮކްޑައުން" އާއި ގުޅިގެން އެންމެ އެދެވޭ މިންވަރަށް ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިޔަށް ނުގެންދެވޭ: އީޕީއޭ
 
އީއައިއޭ ރިޕޯޓުގައި ހުރިހާ ކަންބޮޑުވުންތަކާއި ގެއްލުމުގެ ވާހަކަތައް ހިމަނާފައިވޭ
 
މިވަގުތައް ހާލަތަށް ބާލަފައި ލޮކްޑައުންގައި އެކަން ކުރެވޭނެ ގޮތަށް ކޮށްފައި އެވަނީ: އީޕީއޭ
 
ލޮކްޑައުންއާއި ގުޅިގެން ކޮމިއުނިޓީ ކޮންސަލްޓޭޝަން ހިންގުމުގައި ވަރަށްބޮޑު ދަތިތަކެއް ހުރި

މާލެ ޞަރަޙައްދު 'ލޮކްޑައުން' ކޮށްފައި އޮތުމުގެ ސަބަބުން، މީގެ ކުރިން މަޝްރޫޢުތައް ކުރިއަށް ގެންދިޔަ އިރު ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށް ގެންދިޔަ މިންވަރަށް, ގުޅިފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށް ނުގެންދެވޭކަމަށް ޤަބޫލުކުރާ ކަމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކޮމިއުނިޓީ ކޮންސަލްޓޭޝަން ހިންގުމުގައި ވަރަށްބޮޑު ދަތިތަކެއް ހުރުމުން ޕްލޭނިންގ މިނިސްޓްރީން އީޕީއޭގައި އެދުނު ކަމަށެވެ. އެ މައްސަލަ ދިމާވީ 'ލޮކްޑައުން'ގެ ދުވަސްވަރުގައި މީހުން އެއްތަނަކަށް އެއްކޮށްގެން ކޮންސަލްޓޭޝަން ނުބޭއްވޭނެތީ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ މި މަޝްރޫޢުގެ މުހިންމުކަން ފެންނާތީ ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރެވުނުގޮތަކަށް އޮންލައިންކޮށް ފޯމު ފުރައިގެން އަދި ޝަކުވާ ހުށަހަޅައިގެން ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

ހަގީގަތުގައި މީގެކުރިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާވަރަށް ކޮމިއުނިޓީ ލެވެލްގައި ނުގެންގޮސް އޮވެދާނެކަމަށް ޤަބޫލުކުރެވޭ. މިވަގުތައް ޙާލަތަށް ބާލާފައި ލޮކްޑައުންގައި އެކަން ކުރެވޭނެ ގޮތަށް ކޮށްފައި އެވަނީ. ކޮންސަލްޓޭޝަން ހިންގާފައިވާ ފަރާތްތައް އީއައިއޭ ރިޕޯޓުގައި ތަފުޞީލުކޮށްފައިވާނެ. ފާހަގަ ކޮށްފައިވާ ކަންތައްތަކަކީ ވިލިމާލެ ފަރަކީ ގިނަ މީހުން ބޭނުންކުރާ ފަރެއްކަމާއި، ސެޑިމެންޓް އައިސްފިނަމަ މައްސަލަ ހުންނާނެ ކަމާއި، މިހާ ބޮޑެތި ޕްރޮޖެކްޓް ހިންގާއިރު އެކަށީގެންވާ މިންވަރަށް ކޮންސަލްޓް ނުވާ ކަން ފާހަގަކޮށްފައިވާނެ. އަދި ގިނަ އަދަދެއްގެ ޑައިވް ސްޕޮޓްތައް ހުރުމުން އެތަންތަނަށް ގެއްލުންވެދާނެ ވާހަކަ އަދި ކަންބޮޑުވުންތައް ހުންނާނެ. އާންމުކޮށް މިކަހަލަ ބޮޑު ޕްރޮޖެކްޓަކުން އަންނާނެ ކަންކަން ކޮންސަލްޓޭޝަންގައި ފާހަގަކޮށްފައި ހުންނާނެ،
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް

މި މަޝްރޫޢުގެ އީއައިއޭ ކޮންސަލްޓެންޓް ޑރ. އަހުމަދު ޝާއިގު ވިދާޅުވީ މި މަޝްރޫއު ފެށުމުގެ ކުރިން ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި އެ ޕްލޭންގައި މަޝްވަރާކުރަން ޖެހޭ ބޭފުޅުން ހިމަނާފައިވާނެ ކަމަށާއި، އެގޮތުން މަޝްވަރާ ކުރިއަށްގެންދާނެ ގޮތަކާއި ކުރިއަށްގެންދާނެ ޝެޑިއުލްއެއް އެކުލަވާލާފައިވާނެ ކަމަށެވެ. އެގޮތުން މަޝްރޫޢުގެ 58 ސްޓޭކް ހޯލްޑަރުންނާއި ތަފުސީލުކޮށް މަޝްވަރާކުރެވުނު ކަމަށާއި، ބައްދަލުވުންތަކުގައި ގާތްގަޑަކަށް 136 ބޭފުޅުން ސްޓޭކް ހޯލްޑަރުންގެ ތެރެއިން ބައިވެރިވި ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ؛ ބިން ހިއްކުމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ގެއްލުންވާ މައްސަލަ މަޖިލީހުގެ ކޮމިޓީން ދަނީ ބަލަމުން

އަދި ސަރުކާރުގެ 10 އިދާރާއަކާއި، މާލެ ސިޓީ އަދި ކ. އަތޮޅު ކައުންސިލާއި، ޕަބްލިކް ކޮމްޕެނީސްތަކުގެ ތެރެއިން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެމްޓީސީސީ އަދި މާލެ ޞަރަޙައްދުގައި ހިމެނޭ ހުރިހާ ރިސޯޓެއްގެ އިތުރުން 12 ޝިޕް އޮޕަރޭޓަރުންނާއި 5 ޖަމްޢިއްޔާއަކާއި، 16 މަސް ދޯންޏަކުން މީހުންނާއި މަޝްވަރާ ކުރެވުނު ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި މަޝްވަރާ ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ، އިކޮނޮމިކް ޑެވެލަޕްމަންޓް، ފިޝަރީޒް މިނިސްޓްރީ، އީޕީއޭ، މެރިން ރިސަރޗް ސެންޓަރ، ކަސްޓަމްސް، ޓްރާންސްޕޯޓް އޮތޯރިޓީ، އެމްއެންޑީއެފް އަދި އެމްޕީއެލްއާ ކަމަށް އީޕީއޭއިން ބުނެއެވެ.

ޕަބްލިކް ކޮންސަލްޓޭޝަނަށް 2 ފުރުޞަތެއް ހުޅުވާލެވުނު ކަމަށާއި، 1 ފުރުޞަތުގައި ޕްލޭނިންގ މިނިސްޓްރީ އަދި އީޕީއޭގެ ވެބްސައިޓުގައި މަޝްރޫޢުގެ މަޢުލޫމާތާއި މަޝްރޫއުގެ ސުވާލު ކަރުދާހެއް ހިމަނާފައި ވާނެ. އީއައިއޭ ހުށަހެޅުމަށް ފަހު، އީޕީއޭއިން ޢާންމުކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާނެ. އަދި ރެސްޕޯންސް ލިބުނީ ހުށަހެޅުމުގެ ކުރުމުގެ ކުރިން 7 ބޭފުޅެއްގެ،
އީއައިއޭ ކޮންސަލްޓެންޓް ޑރ. އަހުމަދު ޝާއިގު

އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ފަރާތްތަކާއި މިނިސްޓްރީ އަދި ޝިޕިން ކުންފުނިތަކާއި މަސްވެރިންގެ ކަންބޮޑުވުންތައް ހުރި ކަމަށާއި، އީއައޭ ރިޕޯޓުގައި އެކަންކަން ހިމަނާފައިވާނެ ކަމަށެވެ. އަދި މިޓިގޭޝަން މެޝަރސް ހިމަނާފައިވާ އިރު، ޙައްލުކުރެވޭނެ ކަންކަމާއި ޙައްލު ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި، ތަފުސީލުކޮށް ހުރިހާކަމެއް ބަޔާންކޮށްފައި ހުންނާނެ ކަމަށް ޑރ. ޝާއިގު ވިދާޅުވި އެވެ. މީގެ އިތުރުން ތަފުސީލު މޮނިޓަރިންގ ޕްރޮގުރާމެއް ހުށަހަޅާފައިވާނެ ކަމަށާއި، އެ ޕްރޮގުރާމުގެ ތެރެއިން ކަމެއް ފާހަގަ ކުރެވިއްޖެއްޔާ މިޓިގޭޝަނަށް ބަދަލުގެންނަން ވެސް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ