ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 08:59
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއް- އިސްލާހު ފާސްކޮށްފައިވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާޤުން
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއް- އިސްލާހު ފާސްކޮށްފައިވަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާޤުން
ޔޫސުފް ސޮފްވާން ރަޝީދު
ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު އިސްލާހުކުރުން
ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙު ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި
 
މި އިސްލާހަށް ޑީޖޭއޭއިންވެސް ތާއީދުކުރޭ
 
މިއިސްލާހުގެ ދަށުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމުގެ މަގު ފަހިވާނެ
 
ބިލު ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ޚާއްސަ އުޞޫލުތައް ހިނގާ ޙާލަތްތަކުގައި ދަޢުވާގެ މުއްދަތު ނުހިނގާ ގޮތަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި ބިލުގެ ފައިނަލް ޑްރާފްޓުގައި ހިމެނިފައިވާ ބައިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާއިރު، ވަކި ވަކި މާއްދާތަކަށް ބަލައި މެންބަރުންގެ ޚިޔާލާއި މަޝްވަރާއާއެކު ބިލުގައި ހުރި ކަންކަން ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން ފާސްކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގޭ ޝަރީޢަތްތަކަކީވެސް ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ހިންގޭ ޝަރީޢަތެއްކަމަށް ބެލެވޭނެކަމަށް ނިންމުމާއި، ސިކުނޑީގެ ބައްޔެއް ނުވަތަ ނަފުސާނީ މައްސަލައެއް ހުރި ފަރާތްތަކާއި، އަދި ކުށަށް އިޢުތިރާފު ވެފައިވާ ފަރާތްތަކުގެ ޝަރީޢަތްތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުންވެސް ހިމެނެއެވެ.

އޭގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުގެ އަޑުއެހުންތަކާއި، ޝަރީޢަތްތައް ކުރިއަށް ގެންދިއުމުގެ ޤަވާއިދު މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެކުލަވާލަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް ވަނީ ފާސްކޮށްފަ އެވެ.

އެ މާއްދާއާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާގައި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ޝަރީޢަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުން ކަމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި މިހާރުވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޝަރީޢަތް ކުރުމާ ގުޅޭ ޤަވާއިދުތަކެއް މިހާރުވެސް ސުޕްރީމް ކޯޓުން އެކުލަވާލާފައިވާކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުންވެސް ވަކި ވަކި މާއްދާތަކާ މެދު މަޝްވަރާ ކުރުމަށްފަހު މާއްދާތައް ފާސް ކޮށްފައިވާއިރު، މުޅި އިޞްލާޙުގެ ފައިނަލް ޑްރާފްޓް ހުރިހާ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފަ އެވެ.

ޚާއްޞަ އުޞޫލުތައް ހިނގާ ޙާލަތްތަކުގައި ދަޢުވާގެ މުއްދަތު ނުހިނގާ ގޮތަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށައަޅާފައިވާ މި އިޞްލާޙަށް ތާޢީދު ކުރައްވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ ޢަބްދުﷲ ނަޒީރުގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ