ކ. މާލެ
|
5 ޖޫން 2020 | ހުކުރު 13:15
ހޯމް މިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ- މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް
ހޯމް މިނިސްޓަރ ޝެއިޙް ޢިމްރާން ޢަބްދުﷲ- މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް
ހޯމް މިނިސްޓްރީ
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ
"އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ 260ށް ވުރެ ގިނަ މީހުންގެ މައްސަލަ ބަލާނެ ތަރުތީބު އެކުލަވާލެވިއްޖެ"
 
އިދާރާތައް ގުޅިގެން އެ މަސައްކަތް ކުރިއަށްގެންދާނެ އޮނިގަނޑެއް މިހާރު އެކުލަވާލެވިފައިވޭ
 
ޅި މައްސަލައިގައި އެކި ގޮތްގޮތުން ޝާމިލުވެފައި ތިބި މީހުންގެ އަދަދު މިހާރު ސާފުވެފައިވޭ
 
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ހިޔާނާތް

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ 260ށް ވުރެ ގިނަ މީހުންގެ މައްސަލަ ބަލާނެ ތަރުތީބު އެކުލަވާލާފައި ވާކަމަށް ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށާއި، އެ މައްސަލައިގެ ތަހުޤީޤު ގޮސްފައިވާ ހިސާބުން މުޅި މައްސަލައިގައި އެކި ގޮތްގޮތުން ޝާމިލުވެފައި ތިބި މީހުންގެ ޢަދަދު މިހާރު ސާފު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި، ފުލުހުންގެ އިދާރާއާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލްް (ޕީޖީ) އޮފީސް ގުޅިގެން މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ، އިދާރާތައް ގުޅިގެން އެ މަސައްކަތް ކުރިއަށްގެންދާނެ އޮނިގަނޑެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އަދި އެކަމުގައި ބޭރުގެ ފަރާތްތަކުން ހޯދަންޖެހޭ އެހީތައްވެސް ހޯދާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، މި މައްސަލައިގައި އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެ ހުރިހާ މީހުންނަށް އެއްފަހަރާ އަދި އެއް މިންގަނޑެއްގައި ދަޢުވާ ކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. އެއާއެކު ވަކި އުޞޫލުތަކެއްގެ ތެރެއިން އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ މީހުންގެ މައްސަލަ ބަލާނެ ތަރުތީބެއް އެކުލަވާލައި، ހުރިހާ އިދާރާއަކުން އެކަމުގައި އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އެހެން ވިދާޅުވި ނަމަވެސް، ޕީޖީ އޮފީހަކީ މިނިވަން މުއައްސަސާއަކަށް ވުމާއެކު، އެފަދަ މައްސަލަތަކުގައި ދައުވާ ކުރުމުގެ ކަންކަން މިނިވަންކަމާއެކު ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ ބާރު އެ މުއައްސަސާއަށް ޤާނޫނުން ވަނީ ލިއްބައިދީފައެވެ.

އެތައް އަހަރެއް ވެގެން ދިޔައިރުވެސް އެމްއެމްޕީއާރްސީ ފައިސާ ސީދާ ޖަމާވި މީހެއްގެ ގޮތުގައި ކޯޓުން ޙުކުމްކޮށްފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އެކަންޏެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަކުންވެސް އެކަން ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
0%
25%
0%
ކޮމެންޓް
5 ޖޫން 2020 | ހުކުރު 14:20
ސީދާ
ކޮންމެ ބޮޑު ޚިތާނާތެއްގައިވެސް މިހާ ގިނަ ބައިވެރިން ތިބޭނެ ކަމާމެދަކު ކުޑަވެސް ޝައްކެއްނެތް ! އެކަކު އަނެކަކަށް ވެދޭ އެހީ ބޮޑުކަމުން އެކަކު އަނެކަކު ފޮރުވައިގެން ތިބެ ހުރިހާ ސަރުކާރެއް އަތްދަށުލާ ޙީލަތާ މަކަރުން ޢާއްމު ރައްޔިތުންގެ ޙައްޤުތަކަށަ ބޭނުންގޮތެއް އެހަދަނީ ! މި ގްރޫޕްތައް އޮންނަނީ ހުރިހާ ޕާޓީތަކާ ގުޅި ލާމެހިފައި ! އެއްސަރުކާރު ބަދަލުވާއިރަށް އަނެއްސަރުކާރަކާ ގުޅޭނެ މުހިއްމު އުކުޅުތައް ރާވާ ނިންމައިގެން ތިބެނީ ! މީކީ ދުވަހަކުވެސް ޙައްލުވާނެ ކަމެއްނޫން ! އަބަދުވެސް އެވަކި ގަނޑުތަކުންދާމާ ރައްޔިތުންގެ ޙައްޤުތައް އެ ނިގުޅައި ގަންނަނީ ! އެމީހުން ބޭނުން ބަޔަކަށް ރައްޔިތުންގެ ޙައްޤުތައް ލިބޭގިތައް ހުރިހާ ކަމެއްވެސް ރާވަނީ !