ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 16:34
 ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)
ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ)، އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)
ޓްވިޓަރ
ޗައިނާ-އެމެރިކާ
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޓްރަމްޕް ވަނީ ރައީސް ޓްރަމްޕްގެ އަމިއްލަފުޅު ރިޒޯޓް ކަމަށްވާ މާ-އަ-ލަގޯ ގައި ރައީސް ޝީ އާ ބައްދަލު ކުރައްވާފައި

އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތް ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް ޓްރަމްޕާ ކުރައްވާ ފުރަތަަމަ ބައްދަލުވުމަށް އެމެރިކާ އަށް ބުރާސްފަތި ދުވަހު ވަޑައިގެންފިއެވެ.

ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލިޔުއާން އަށް އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ޕާމް ބީޗް ޓައުންގެ "ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓް" އިން މަރުހަބާ ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ.

ފްލޮރިޑާ ސްޓޭޓުގައި ރައީސް ޝީ ދެ ދުވަސް ހޭދަ ކުރައްވާނެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޓްރަމްޕް ވަނީ ރައީސް ޓްރަމްޕްގެ އަމިއްލަފުޅު ރިޒޯޓް ކަމަށްވާ މާ-އަ-ލަގޯ ގައި ރައީސް ޝީ އާ ބައްދަލު ކުރައްވާފައެވެ. ރައީސް ޓްރަމްޕް، ރައީސް ޝީގެ ޝަރަފުގައި ބޭއްވި ފަރިއްކޮޅުގައި ވިދާޅުވީ "ދެބޭފުޅުންގެ މެދުގައި ރަހްމަތްތެރި ގުޅުމެއް އުފެދިއްޖެ" ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ދެބޭފުޅުންގެ މަޝްވަރާތަކުގައި ރައީސް ޓްރަމްޕް، ރައީސް ޝީ އަށް އުތުރު ކޮރެއާ އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާރު އަޅުއްވާނެއެވެ. އަދި ރައީސް ޝީ، ޓައިވާންއާ ގުޅޭ ކަންކަމުގައި، ރައީސް ޓްރަމްޕާއި މަޝްވަރާ ކުރައްވާނެއެެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ރައީސް ޝީ އާއި އެކު ބާއްވާ ބައްދަލުވުމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ ދެބޭފުޅުން ގެ ސަމިޓަކީ "ވަރަށް އުނދަގޫ ސަމިޓަކަަށް" ވާނެ ކަމަށެވެ. މިދިޔަ އަހަރު ރައީސް ޓްރަމްޕް ޗައިނާއާ ދޭތެރޭ ވިދާޅުވެފައި ވަނީ ޗައިނާ އިން އުޅެނީ "އެމެރިކާ ރޭޕް ކުރުމަށް" ކަަމަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް