ކ. މާލެ
|
29 މެއި 2020 | ހުކުރު 16:21
ސްރީދޭވީ އާއި ޖާންވީ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ޖާންވީ ކަޕޫރު
ސްރީދޭވީގެ ލަވަތައް ހަދަން ޖާންވީ ބޭނުންވޭ
ޖާންވީ ބޮލީވުޑަށް ތަޢާރަފްވީ 2018 ވަނަ އަހަރު

ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަރ ސްޓަރ ސްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އޭނާގެ މަންމަ ނަށާފއިވާ ލަވަތައް އަލުން ހަދަން ބޭނުންވާކަމަށް ބުނެފި އެވެ.

ފިލްމްފެއަރ އަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުނެފައި ވަނީ ސްރީދޭވީ ކުޅެފައިވާ ފިލްމު "ޗާންދްނީ" ގެ ލަވަތަކާއި "މިސްޓަރ އިންޑިއާ" ގައި ހިމެނޭ "ކާޓޭނެހި ކަޓްތޭ" މި ލަވަ އަލުން ހަދަން ބޭނުންވާ ކަމަށެވެ.

މިހާތަނަށް ވެސް ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް "ކާޓޭނެހި ކަޓްތޭ" މި ލަވައަކީ މާބޮޑު ޑާންސް ސްޓެޕްތަކެއް ނެތް ލަވައެއް ނަމަވެސް ލަވައަށް ފުރިހަމަކަން ގެނެސްދީފައި ވަނީ ބޮޑީ މޫވްމަންޓުން ކަމަށް ޖާންވީ ވަނީ ބުނެފަ އެވެ.

ސްރީދޭވީގެ ނެށުމާއި ގުޅޭގޮތުން ޖާންވީ ބުނެފައިވަނީ ނެށުމަކީ ހަމައެކަނި ބީޓަށް ފައިހަމަކުރުން ނޫން ކަމަށާއި އެންމެ މުހިއްމު ކަމަކީ ނަށާއިރު އަބަދުވެސް މަޖާކަމާއި އެކު ނަށާހިތުން ހުރެ ނެށުން ކަމަށް ސްރީދޭވީ ބުނެފައިވާ ކަމަށެވެ.

ޖާންވީ ބުނެފައިވަނީ އޭނާގެ މަންމަ އެކިއެކި ހަފުލާތަކުގައި ނެށުމަށް ގޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދާ މަންޒަރު ފެނިފައިވާ ކަމަށާއި ނަމަވެސް ސްޓޭޖްގައި ފެންނަ ފެނުން ތަފާތުކަމާއި ފުރިހަމަ ކަމުން ހައިރާންވާ ކަމަށެވެ.

ޖާންވީ ބޮލީވުޑަށް ތަޢާރަފުވެގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަޅަކް" އިންނެވެ.

ސްރީދޭވީ ކުއްލިގޮތަކަށް މަރުވީ މި ފިލްމް ރިލީޒް ކުރުމުގެ ކުރިންނެވެ.

- ކޮމެންޓް