ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވަތަކަށް ފާޑު ކިޔުމުން، ގިނަ ބައެއްގެ ނުރުހުން އަމާޒުވެ، އެންމެފަހުން ޒަކިއްޓެ އެކަމަށް މައާފަށް އެދިއްޖެ އެވެ.
މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަލީ ރަމީޒުގެ ގިނަ ލަވަތަކަކީ80 އިންސައްތަ ކޮޕީ ލަވަތަކެއް ކަމަށެވެ. މި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުންތަށް އަމާޒުވުމާއި އެކު ޒަކިއްޓެ ވަނީ ޕޯސްޓު ޑިލީޓް ކޮށްލާފަ އެވެ.
ޕޯސްޓް ޑިލީޓް ކުރި ސަބަބު ހާމަކޮށް ކުރި ޕޯސްޓް ވެސް މާ ގިނަ އިރުތަކެއް ނުވެ ފޮހެލުމަށް ފަހު އޭނާ ވަނީ ފޭސްބުކް އެކައުންޓްވެސް ޑީއެކްޓިވޭޓް ކޮށްފަ އެވެ. ނަމަވެސް މި ޕޯސްޓުގެ ސްކްރީންޝޮޓްތައް މުޅި މީސް މީޑިއާ ގައި ދައުރުވެ، ގިނަ ބަޔަކު ވަނީ އޭނާ ވަނީ ބޮޑު މީމް އަކަށް ހަދާފަ އެވެ.
ބުރާސްފަތި ދުވަހު އަލުން އެކައުންޓް އެކްޓިވޭޓް ކުރުމަށް ފަހު ޒަކިއްޓެ ވަނީ ހުރިހާ އެންމެން ގެ ކިބައިން މާފަށް އެދި ޕޯސްޓެއް ކޮށްފަ އެވެ. މައާފަށް އެދި ކުރި ޕޯސްޓުގައި ވެސް ޒަކިއްޓެ ބުނީ އަލީ ރަމީޒުގެ ލަވަތަކަކީ 80 އިންސައްތަ ކޮޕީއެއް ކަމަށް ބުނެފައިވާ ވާހަކީއަކީ ގޯސް ވާހަކައެއް ނޫން ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް އޮތްކަމަށްވެސް ނުދެކޭކަމަށެވެ. ނަމަވެސް އެވާހަކަ ބުނެވުނު ގޮތް ގޯސްކަން ކަމާއި އެކަމުން އަލީ ރަމީޒަށް ދެރަބަސް ބުނެވޭ ފަދަ ގޮތަކަށް ވާހަކަ ދެކެވިފައި ހުރިކަން ޒަކިއްޓެ ގަބޫލްކުރެ އެވެ.
މައާފަށް އެދި ކުރި ޕޯސްޓުގައި އިތުރަށް އޭނާ ބުނީ އޭނާއަކީ އެއްވެސް އެހީއަކާ ނުލައި އަމިއްލަ ނަމެއް ހޯދި މީހެއް ކަމަށާއި މިހާ ހިސާބަށް އަންނަން ވަރަށް ބުރަ މަސައްކަތްތަކެއް އަމިއްލައިން ކުރި މީހެއް ކަމަށެވެ. މީގެ އިތުރުން ފާޑުކިޔުންތައް ގިނަވެ އޭނާއަށް މަރުގެ އިންޒާރު ފޮނުވާ އާއިލާގެ ފަރާތްތަކަށް ފުރައްސާރަ ކޮށްފައިވާ ކަމަށްވެސް ޒަކިއްޓެ ބުނެފައި ވެއެވެ.
ޒަކިއްޓެ ވަނީ އޭނާ ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައިވާ ޕޯސްޓެއްގައި ފަލަ މީހުނަށް މަލާމަތް ކުރެވޭ ފަދަ ބަސްތަކެއް ރައްދުވާތީ އެކަމަށް ވެސް މައާފަށް އެދިފަ އެވެ. މައާފަށް އެދުނު ނަމަވެސް އޭނާ ކުރި ޕޯސްޓެއްގެ ސަބަބުން ކުރިމަތިވި ފުރައްސާރައާއި މަރުގެ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހެދުނު ގޯހެއްގެ ސަބަބުން އެނާ އަށް ރައްދުވަމުންދާ ނަފްރަތު އެނާ އަށް ހައްގު ނޫން ކަމަށެވެ.
ދިވެހިންގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ، އެންމެ މަގުބޫލު ލަވަކިޔުންތެރިޔަކީ އަދިވެސް އޭނާ ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.