ކ. މާލެ
|
28 މެއި 2020 | ބުރާސްފަތި 03:19
ބިދޭސީންތަކެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ - ރާއްޖޭގެ ރިކަވަރީ ރޭޓް ދަށްކަމަށް ޑޮކްޓަރުން ފާހަގަކުރައްވާ
ބިދޭސީންތަކެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދަނީ - ރާއްޖޭގެ ރިކަވަރީ ރޭޓް ދަށްކަމަށް ޑޮކްޓަރުން ފާހަގަކުރައްވާ
ރާއްޖެއެމްވީ
އިތުރު 10 މީހަކު ބަލިން ފަސޭހަވުން
އިތުރު 10 މީހަކު ބަލިން ފަސޭހަވެއްޖެ
ރާއްޖޭގެ ރިކަވަރީ ރޭޓް މިހާރު ހުރީ 16.6 ގައި
ފާއިތުވި 24 ގަޑިއިރު 787 ސާމްޕަލް ނަގާފައިވޭ
ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1253

އިތުރު 10 މީހަކު ބަލިން ފަސޭހަވެ، ޖުމްލަ އަދަދު 242ށް އަރައިފިއެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ 242 މީހަކު މިހާތަނަށް ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖޭގެ ރިކަވަރީ ރޭޓް މިހާރު ވަނީ 16.6 އިންސައްތައަށް އަރާފައެވެ.

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރު 787 ސާމްޕަލް ނަގާފައިވާ ކަމަށާއި، ޖުމްލަ 21338 ޓެސްޓް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެރޭގެ ޕްރެސްއިން ފެށިގެން ބުދަ ދުވަހުގެރޭގެ ޕްރެސްއާ ހަމައަށް 43 ކޭސް އިތުރަށް ފެނިފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އަންގާރަ ދުވަހުގެ ޕްރެސްއަށްފަހު ޓެސްޓުގެ ނަތީޖާ ލިބުނީ 840 ސާމްޕަލްގެ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުން އެކްޓިވް ކޭސްގެ ގޮތުގައި 1253 ކޭސް ހިމެނެއެވެ. މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1124 މީހުން އަދި ކަރަންޓީން ފެސިލިޓީތަކުގައި 1781 މީހުން މިވަގުތު އެބަތިބި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އަންގާރަ ދުވަހު ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލި މީހުންގެ އަދަދަކީ 40 ކަމަށާއި، ފެސިލިޓީތަކުން ދޫކޮށްލުމަށް 88 ސާމްޕަލް ވަނީ ނަގާފައިވާ ކަމަށެވެ.

- ކޮމެންޓް