ކ. މާލެ
|
27 މެއި 2020 | ބުދަ 21:52
ދިވެހި ފިލްމް ފަނާގެ ޕޯސްޓަރެއް
ދިވެހި ފިލްމް ފަނާގެ ޕޯސްޓަރެއް
ގޫގުލް
ޔާރާގެ އިތުރު ފިލްމުތަކެއް ބައިސްކޯފަށް
ޔާރާ ޕްރޮޑަކްޝަންގެ ދެ ފިލްމު ބައިސްކޯފަށް
ފިލްމް ބައިސްކޯފަށް ލާފައިވަނީ އީދާ ދިމާކޮށް
ދެ ފިލްމަކީވެސް ރިޝްމީގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ ދެ ފިލްމް

މަޝްހޫރު “ޔާރާ ޕްރޮޑަކްޝަން” ގެ ދެ ފީޗާރ ފިލްމު ކަމަށްވާ، “ހުކުރު ވިލޭރޭ” އަދި “ފަނާ” ބައިސްކޯފަށް ލައިފި އެވެ. މި ދެ ފިލްމުވެސް މިހާރު ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ބަލާލެވޭނެ އެވެ.

“ހުކުރު ވިލޭރޭ” އަކީ، ހަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބިރުވެރި މަންޒަރުތަކެއް ދައްކުވައިދޭ ފިލްމެކެވެ.“ހުކުރު ވިލޭރޭ”ގެ މެއިން ކާސްޓުންއަކީ، ރިޝްމީ، ޔޫއްޕެ، އަދި އައްޒަ އެވެ.

އަދި “ފަނާ” އަކީ ތަފާތު ވާހަކައެއް ކިޔައިދޭ ލޯބީގެ ފިލްމެކެވެ. ދެހާސް ދިހަވަނަ އަހަރު ގެނެސްދިން މި ފިލްމުގެ ލީޑު ތަރިންނަކީ އާއިޝަތު ރިޝްމީއާއި އަހްމަދު އަޒްމީލެވެ. ރިޝްމީ ޑައިރެކްޓުކޮށް ގެނެސްދިން މި ފިލްމު ޕްރޮޑިއުސް ކުރީ އޭނާގެ މަންމަ އާމިނަތު ރަޝީދާ އެވެ. މި ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީވެސް ރިޝްމީއެވެ. ޒީނަތު އައްބާހާއި، އާމިނަތު ރަޝީދާގެ އެކްޓިން ފެނިގެންދާ ފިލްމު "ފަނާ"އަކީ އާއިލީ ޑްރާމާ އެކެވެ.

ހަވަނަ ޤައުމީ ފިލްމު އެވޯޑުގައި މި ފިލްމު 11 ކެޓަގަރީއަށް ނޮމިނޭޓްވެފައި ވާއިރު މި ފިލްމަށް ތިން އެވޯޑެއް ލިބުނެވެ. އެއީ އެންމެ މޮޅު އެކްޓަރު، ސަޕޯޓިން އެކްޓްރެސް އަދި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިންގެ އެވޯޑެވެ.

މި ދެ ފިލްމަކީވެސް ރިޝްމީގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ ދެ ފިލްމުތަކެކެވެ.

- ކޮމެންޓް