ކ. މާލެ
|
26 މެއި 2020 | އަންގާރަ 03:08
ވެނިސް ފިލްމް ފެސްޓިވަލްގެ މަންޒަރުތައް
ވެނިސް ފިލްމް ފެސްޓިވަލްގެ މަންޒަރުތައް
އިންޑިއާ ޓައިމްސް
ވެނިސް ފިލްމް ފެސްޓިވަލް
ވެނިސް ފިލްމް ފެސްޓިވަލް ސެޕްޓެމްބަރުގައި
ފިލްމް ފެސްޓިވަލް އޮންލައިންކޮށް ބާއްވަން މަޝްވަރާތަކެއް ކުރެވިފައިވޭ
މި ފަހަރު ޖޫރީ ރައީސްގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކޭޓް ބްލޭންޗެޓް

މި އަހަރުގެ ވެނިސް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 2ން ފެށިގެން 12ށް ކަމަށް ހާމަކޮށްފި އެވެ.

މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ އެންމެ ގިނަ ދުވަސްވެފައިވާ ފިލްމު ފެސްޓިވަލް ކެންސަލް ނުކުރާނެކަން ކަށަވަރުކޮށްދެއްވީ، އިޓަލީވިލާތުގެ ވެނީޓޯ ރީޖަންގެ ގަވަރުނަރު ލޫކާ ޒައިއާ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވެގެން ފެސްޓިވަލަށް ނާދެވޭ ފަރާތްތަކަށް އޮންލައިން ސްކްރީނިންގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރިން އޮންލައިންކޮށް ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް މަޝްވަރާތަށް ކުރެވިފައިވީ ނަމަވެސް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުން ދާދި ފަހުން ވަނީ އެ ފެސްޓިވަލް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަން ހާމަކޮށްފަ އެވެ.

މި އަހަރުގެ ފިލްމު ފެސްޓިވަލްގެ ޖޫރީ ރައީސްގެ ގޮތުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކޭޓް ބްލޭންޗެޓް ހަމަޖައްސާފައިވާ އިރު ފިލްމު ފެސްޓިވަލަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ލޫކާ ވިދާޅުވި އެވެ.

- ކޮމެންޓް