ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 06:45
2017 ގެ މާލީ އަހަރަށް ޖުމްލަ 32.5 މިލިއަން ޑޮލަރުގެ އެހީވަނީ ކަނޑާލާފަ
2017 ގެ މާލީ އަހަރަށް ޖުމްލަ 32.5 މިލިއަން ޑޮލަރުގެ އެހީވަނީ ކަނޑާލާފަ
ގޫގުލް
ޔޫއެންއެފްޕީއޭ
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
ޔޫއެންއެފްޕީއޭއިން ބުނީ އެ ނިންމުމާމެދު ހިތާމަ ކުރާ ކަމަށް
ރައީސް ޓްރަމްޕް ވަނީ އދ އަށް އެހީ ކަނޑާލައްވާނެ ކަމަށް ވިދާޅުވެފަ

ދުނިޔޭގެ 150އަށް ވުރެ ގިނަ ގައުމުގައި އާއިލާ ރޭވުމުގެ ކަންކަން ޕްރޮމޯޓް ކުރަމުންދާ އދ. ގެ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އަށް އެމެރިކާއިން ދޭ ފައިސާގެ އެހީތައް ކަނޑާލައިފިއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ މަޖުބޫރުން އެބޯޝަން ހެއްދުމަށް ނުވަތަ އިޚްތިޔާރަކާ ނުލައި ސްޓެރަލައިސް ކުރުމަށް އެ ޖަމާއަތުން ބާރުއަޅާ ކަމަށް ނުވަތަ އެކަން ކުރުމުގައި ބައިވެރިވާ ކަމަށެވެ.

މިއީ ރައީސް ޓްރަމްޕް ވައުދުވެ ވަޑައިގެންނެވި ގޮތަށް އދ. އަށް އެމެރިކާއިން ދޭ އެހީގެ ތެރެއިން ފުރަތަމަ ކަނޑާލެއްވި އެހީއެވެ.

ޔޫއެންއެފްޕީއޭއިން ބުނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށާއި އެ ޖަމާއަތުން އެއްވެސް ގާނޫނަކާ ޚިލާފްވެފައި ނުވާނެ ކަމަށެވެ. އަދި 2017 ގެ މާލީ އަހަރަށް ޖުމްލަ 32.5 މިލިއަން ޑޮލަރުގެ އެހީވަނީ ކަނޑާލާފައެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް ޓްރަމްޕް ވަނީ އެބޯޝަން ހެދުމަށް އެހީވެދޭ އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ޖަމާއަތަކަށް މާލީ އެހީތެރިކަން ނުދިނުމަށް އެމެރިކާއިން ނިންމާފައި އޮތް ނިންމުމެއް އިޔާދަ ކުރައްވާފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ހަވާލާދީފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޓްރަމްޕް ދެއްވި ލަފާފުޅަކަށެވެ. ޔޫއެންއެފްޕީއޭއިން ބުނެފައިވަނީ އެމެރިކާގެ އެ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމަށާއި އެ ޖަމާއަތުން ބާރުއަޅަމުންދަނީ ވަކިފަރުދުންގެ ހައްގުތަކަށް ކަމަށާއި އަދި ބަލަމުންދަނީ ދަރިން ހޯދާ ދެމީހުންނަށް އެއްވެސް މަޖުބޫރީ ކަމެއް ނެތި ނުވަތަ ތަފާތު ކުރުމެއް ނެތި އެމީހުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

- ކޮމެންޓް