މެދުކެނޑުމަކަށްފަހު ބަގްޔާޝްރީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ ފިލްމު "ތަލައިވީ" އިންނެވެ.
މި ފިލްމުގައި ބަގްޔާޝްރީ ފެނިގެންދާނީ ކަންގަނާ ރަނަވަތް އާއި އެކުގަ އެވެ. ބަގްޔާޝްރީ އަކީ "މައިނޭ ޕިޔާރް ކިޔާ" އިން 1989 ގައި ސަލްމާން ޚާނާއެކު ބޮލީވުޑަށް ތައާރަފުވީ ބަތަލާ އެކެވެ.
މި ފިލްމު ރިލީޒްވިތާ މާ ގިނަ ދުވަހެއް ނުވެ ކައިވެނިކޮށް ބަގްޔާޝްރީ ވަނީ ފިލްމު ކުޅުން ހުއްޓާލާފަ އެވެ. ނަމަވެސް ބަގްޔާޝްރީ މިހާރު ވަނީ އަލުން ފިލްމު ކުޅެން ނިންމާފަ އެވެ. ފިލްމު ކުރ ބޮޑަށް ބާރު އެޅީ އޭނާގެ ދެ ދަރިންކަމަށް, ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އޭނާ ބުނެފައި ވެއެވެ.
ތަލައިވީ އަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަލް ވިޖޭ އެވެ. މި ފިލްމުގައި ދައްކުވައިދެނީ، އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށް ޖޭ ޖަޔާލަލީތާ ވެގެން ދިޔަ ގޮތެވެ.
ތަލައިވީ ގައި ބަގްޔާޝްރީ ގެ ރޯލާ ދޭތެރޭ ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާ މި ފިލްމުގައި ކުޅެނީ ކީ ރޯލެއް ކަމަށެވެ. އަދި އޭނާގެ ކެރެކްޓާގެ ސަބަބުން ތަލައިވީ ގެ ދިރިއުޅުން ބަދަލުވެގެން ދާނެކަމަށެވެ.
އަހަރެންނާއި ކަންގަނާގެ ވަރަށް ގިނަ ސީން ތަކުން ފެނިގެންދާނެ. މުޅި ޓީމަށް ވެސް އަހަރެމެން ދެމީހުންގެ ކެމިސްޓްރީ ވަރަށް ކަމުދޭ. ކަންގަނާ އާއިއެކު މަސައްކަތް ކުރުމަކީ މަޖާ ކަމެއް. އޭނާ އަކީ މަސައްކަތައް ވަރަށް ފަރުވާ ބަހައްޓާ މީހެއް. އަލުން ސެޓަށް އާދެވުމުން ވަރަށް ހިންހަމަޖެހިފައި މިހުރީބަގްޔާޝްރީ
ބަގަޔާޝްރީ ބުނީ ކަންގަނާ އާއި ފުރަތަމަ ދިމާވީ 2006 ވަނަ އަހަރު އޭނާ ފިލްމު ކުޅެން ފެށިތަނާހެން ކަމަށެވެ. ތަލައިވީގެ ސެޓުގައި ވެސް ބަގްޔާޝްރީ އަށް ކަންގަނާ ވަރަށް އިހުތިރާމް ކުރާކަމަށް އޭނަ ބުނެފައި ވެއެވެ.
މި ފިލްމު ހިންދީ، ތަމިލް އަދި ތެލޫގޫ ބަހުން ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ޖޫން މަހުގެ 26 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވީނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ރިލީޒް ކުރާ ތާރީޙަށް ބަދަލު އައިސްދާނެ އެވެ.