ޓީވި ތަރި ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް އޭނާގެ 16 ވަނަ އުފަންދުވަހުގެ މޭކަޕަށް 1.8 ލައްކަ ރުޕީސް ޙަރަދުކުރި ކަމަށް ބުނެފި އެވެ.
މި އިންޓަވިއުގައި ސަމާސާ ރާގަކަށް ޝްވެތާ ބުނީ އޭރު އޭނާ ހުރީ ދަރިފުޅު ރެޔަންޝް އަށް ބަލިވެ ކަމަށާއި އަދި ވަރަށް ބޮޑަށް އަންހެން ދަރިއަކު ބޭނުންވެފައިކަމަށެވެ. ނަމަވެސް ދަރިފުޅުގެ މޭކަޕް ބިލް ފެނިފައި ހިޔާލުބަދަލުވިކަމަށެވެ.
ޕަލަކް އަށް 16 އަހަރު ފުރުނު އިރު އަހަރެން ހުރީ ރެޔަންޝްއަށް ބަލިވެ. އޭރު އަބަދު އަހަރެން ބުނަމުންދިޔައީ އަންހެން ކުއްޖެއް ބޭނުންވާ ކަމަށް . 16 ވަނަ އުފަންދުވަހު ޕަލަކް 1.8 ލައްކަ ރުޕީސްގެ މޭކަޕް ސާމާނު ގަތް. އެއީ ވަރަށް އަގުބޮޑު އެއްޗެހި.އައިޝެޑޯ އެއްގެ އަގުވެސް 7000-8000 އާ ދެމެދު އުޅެނީ. ބޭރަށް ނިކުމެ އާއިލާ މީހުނަށް ގޮވާ އަހަރެން ބުނިން ބޭނުންވަނީ ފިރިހެން ކުއްޖެކޭ، މިހާ ވަރަށް އަހަރެންނަށް ޙަރަދު ނުކުރެވޭނެއޭ. އިތުރު އަންހެން ކުއްޖެއް ބޭނުމެއް ނޫނޭ.ޝްވެތާ ތިވާރީ
ޝްވެތާ ފުރަތަމަ ފެނިގެންދިޔައީ "ކަސައުޓީ ޒިންދަގީ ކީ" ގައި ޕްރޭނާ ގެ ރޯލުންނެވެ. މި ޑްރާމާ އެއަރ ކޮށްފައިވަނީ 2001ން 2008 އަށެވެ. ޓީވީ ޝޯވ ޕަރްވަރިޝް، ކުޗް ކާތީ ކުޗް މީތީ ، ޖާނޭ ކްޔާ ބާތް ހުއީ އަދި ބެގުސަރައި އިން ޝްވެތާ ފެނިގެން ގޮސްފައި ވެއެވެ. ޝްވެތާ ވަނީ 2011 ވަނަ އަހަރު ބޭއްވި ބިގް ބޮސްގެ ސީޒަން 4 ކާމިޔާބުކޮށްފަ އެވެ.