ކ. މާލެ
|
13 މެއި 2020 | ބުދަ 21:23
މަބްރޫކް އަޒީޒު: މަސައްކަތްކުރައްވަނީ ކޮވިޑް ޓާސްކްފޯހުގެ ތަރުޖަމާނަކަށް
މަބްރޫކް އަޒީޒު: މަސައްކަތްކުރައްވަނީ ކޮވިޑް ޓާސްކްފޯހުގެ ތަރުޖަމާނަކަށް
ރައީސް އޮފީސް
މަބްރޫކްގެ ޓުވަިޓަރ އެކައުންޓް ވެރިފައިކުރުން
މަބްރޫކްގެ ޓުވިޓަރ އެކައުންޓް ވެރިފައިކޮށްފި
މަބްރޫކްގެ 21،400 ފޮލޯވަރުން ތިބޭ
މަބްރޫކް މި ވަގުތު މަސައްކަތްކުރައްވަނީ އެންއީއޯސީގެ ތަރުޖަމާނަކަށް

ކޮވިޑް-19 ގެ ޚާއްސަ ހާލަތާއި ގުޅިގން ސަރުކާރުން އުފައްދާފައިވާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒުގެ ޓުވިޓަރ އެކައުންޓް ވެރިފައި ކޮށްފި އެވެ.

ޓުވިޓަރ އިން މަބްރޫކްގެ އެކައުންޓް ވެރިފައި ކޮށްފައިވަނީ ބުދަ ދުވަހު އެވެ. މަބްރޫކް ޓުވިޓަރ އާ ގުޅިފައިވަނީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. މި އެކައުންޓް މިހާތަނަށް 21،400 މީހުން ފޮލޯ ކޮށްފައި ވެއެވެ. އަަދި އޭނާ ވަނީ މިހާތަނަށް 1662 ޓްވީޓް ކުރައްވާފަ އެވެ.

މަބްރޫކް ގެންދަވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކެރެޓަރީ މަޤާމުގައި ފުރުއްވަމުންނެވެ. މަބްރޫކް އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި ހަރަކާތްތެރިވަމުންގެންދެވި މީހުންނާއި ވަރަށް ގުޅޭ ބޭފުޅެކެވެ.

މީގެ އިތުރުން މަބްރޫކް ގެންދަވަނީ ވިޔަފާރި ކުރައްވަމުންނެވެ. ޒުވާނުންގެ މެދުގައި މަގުބޫލު މެރާކީ ކޮފީ ރޯސްޓާޒް ކެފޭ އަކީ މަބުރޫކްގެ އަމިއްލަ ވިޔަފާރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް