ކ. މާލެ
|
12 މެއި 2020 | އަންގާރަ 21:37
އުރްވަޝީ ރޮޓޭލާ: ބޮލީވުޑްގެ އަރަމުން އަންނަ ތަރިއެއް
އުރްވަޝީ ރޮޓޭލާ: ބޮލީވުޑްގެ އަރަމުން އަންނަ ތަރިއެއް
ގޫގުލް
އުރްވަޝީ ރޮޓޭލާ
އުރްވަޝީ ރޮޓޭލާ 5 ކްރޯޑް ރުޕީސް ކޮވިޑް ފަންޑަށް ހަދިޔާކޮށްފި
މި ފައިސާ އަކީ ޑާންސް ސެޝަނެއް ބާއްވައިގެން ލިބުނު ފައިސާ
ޑާންސް ސެޝަން ބާއްވާފައި ވަނީ ޓިކްޓޮކް އެޕް މެދުވެރިކޮށް

ބޮލީވުޑްގެ ބަތަލާ އުރްވަޝީ ރޮޓޭލާ ކޮވިޑް19 ފަންޑަށް 5 ކްރޯޑް ރުޕީސް ހަދިޔާކޮށްފި އެވެ.

މި 5 ކްރޯޑް ރުޕީސް އަކީ ޑާންސް ސެޝަނެއް ބާއްވައި އުރަވަޝީ ހޯދާފައިވާ ފައިސާ އެވެ.

ދާދި ފަހުން ވާޗުއަލް ޑާންސް މާސްޓަކްލާސް އެއް ބާއްވަން ނިންމާފައިވާކަން އުރްވަޝީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުނާ ހިއްސާކޮށްފައެވެ. މި ސެޝަން މިހާރު ވަނީ ނިމިފަ އެވެ. މި ސެޝަނަކީ ޑާންސްކުރަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށާއި ހިކެން ބެނުންވާ ފަރާތްތަކަށް ފްރީކޮށް ބޭއްވި ކްލާހެކެވެ. މި ސެޝަންތަކުގައި އުރްވަޝީ ވަނީ ޒުމްބާ، ތަބާޓާ އަދި ލެޓިން ޑާންސް ދަސްކޮށްދީފަ އެވެ.

ޓިކްޓޮކް އެޕް މެދުވެރިކޮށް ބޭއްވި މި ޑާންސް ސެޝަންގައި 18 މިލިއަން މީހުން ބައިވެރިވެފައި ވެއެވެ. މި ޑާންސް ކްލާސް މެދުވެރިކޮށް ލިބުނު 5 ކްރޯޑް ރުޕީސް އުރްވަޝީ ވަނީ ކޮވިޑް ފަންޑަށް ހަދިޔާކޮށްފަ އެވެ.

އުރްވަޝީ ބުނީ އޭނާ މި ކަމުގައި އެންމެނަށްވެސް ޝުކުރުވެރިވާކަމަށެވެ. އެކްޓަރުން، ސިޔާސީ މީހުން، ލަވަކިޔުންތެރިން ކަމުގައި ވިޔަސް އެމީހުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އުރްވަޝީ ބުންޏެވެ. އަދި މި ދަނޑިވަޅުގައި އެންމެން އެއްބައިވެ, ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ އެއްވެސް އެހީ އަކީވެސް ކުޑަ އެހީއެއް ނޫންކަމަށެވެ.

އުރްވަޝީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "ބީޓް ޕޭ ތުމްކާ" ލަވަ އިންނެވެ. މި ލަވަ އަކީ އޭނާ މަސައްކަތްކޮށްފައިވާ ކޮމިޑީ ފިލްމު "ވަރޖިން ބަނޫ ޕްރިޔާ" ގެ ލަވައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް