ކ. މާލެ
|
11 މެއި 2020 | ހޯމަ 22:01
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޙާން
ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޙާން
ގޫގުލް
ސައިފް އަލީ ޙާން
ސައިފް ފުރަތަމަ ފިލްމުން ބޭރުކޮށްލި ސަބަބު ކިޔައިދީފި
ސައިފް ބޭރުކޮށްލީ ފިލްމު ބޭހުދީ އިން
ފިލްމުން ބޭރުކޮށްލީ ފިލްމު ކުޅުމުގެ ޝައުގު ނެތްކަމަށް ބުނެ
ސައިފް ފުރަތަމަ ފިލްމަށް ދިޔައީ ބޯޑިން ސްކޫލެއްގައި އުޅުމަށްފަހު

ސައިފް އަލީ ޙާން މިހާރު ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ ތަރިއެކެވެ. އޭ ލިސްޓު ސްޓަރ އެކެވެ. ނަމަވެސް، ފުރަތަމަ އިންޑަސްޓްރީއަށް ވަދެވުނު ދުވަސްވަރަކީ ސައިފް އަށް އުނދަގޫތަކަކާއި ކުރިމަތި ކުރުވި ދުވަސް ތަކެކެވެ.

ސައިފްގެ ފުރަތަމަ ފިލްމުގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް އަންނަން އޮތް ފިލްމުން "ބޭހުދީ" އިން އޭނާ ބޭރުކޮށްލީއެވެ. މިއީ ރާހޫލް ރަވައިލް 1992 ގައި ޑައިރެކްޓްކުރި ރޮމެންޓިކް ޑްރާމާ އެކެވެ. މުމްބާއި މިރާ އަށް ދިން އިންޓަވިއުއެއްގައި ސައިފް ވަނީ ފިލްމަކުން އޭނާ ބޭރުކޮށްލި ދުވަހުގެ ހަނދާންއާކޮށް، އެ ވާހަކަތައް ހިއްސާކޮށްފައެވެ.

ސައިފް ބުނީ އެދުވަހު އޭނާ ފިލްމުން ބޭރުކޮށްލީ ފިލްމު ކުޅުމުގެ ޝައުގު ނެތްކަމަށް ބުނެ އެވެ. ނަމަވެސް އެކަން ސައިފް މިއަދާ ހަމައަށްވެސް ގަބޫލެއް ނުކުރެ އެވެ.

ސައިފް ކިޔައިދިން ގޮތުގައި އޭނާ ފުރަތަމަ ފިލްމުގައި ބައިވެރިވީ ބޯޑިން ސްކޫލެއްގައި އުޅުމަށް ފަހުގަ އެވެ. ޝޫޓިންގެ ފުރަތަމަ ދުވަހުވެސް ލަވައެއް ކިޔަމުން ޝޫޓިންގެ ސެޓަށް ހަދާފައި ހުރި މަކުނުވާތަކެއްގެ ތެރެއިން އޭނާ ނިކުންނަން ޖެހުނުކަމަށެވެ. އަދި މިކަން އޭނާ އަށް ފަސޭހަކަމަކަށް ނުވި ކަމަށް ސައިފް ބުންޏެވެ.

ސައިފް ބުނީ އެދުވަހު އެނާ ހުރީ ވަރަށް ބިރުން ކަމަށާއި އެކްޓުކޮށް އެކްސްޕްރެޝަން ގެނައުމުގެ އެއްވެސް ހުނަރެއް އޭރު ދަސްވެފައި ނެތް ކަމަށެވެ. ސައިފްގެ ފުރަތަމަ ފިލްމުން އޭނާ ބޭރުކޮށްލި ކަމުގައިވިޔަސް މިއަދު އޭނާ ވަނީ މޮޅު އެކްޓަރަކަށްވެ ބެލުންތެރިންގެ ލޯބި ހޯދާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް