ކ. މާލެ
|
10 މެއި 2020 | އާދީއްތަ 20:35
ބޮލީވުޑްްގެ އެކްޓަރ ކާޖަލް އޭނާގެ ދެ ދަރިންނާއެކު
ބޮލީވުޑްްގެ އެކްޓަރ ކާޖަލް އޭނާގެ ދެ ދަރިންނާއެކު
ގޫގުލް
ކާޖަލް
އަހަރެންގެ ފިލްމުތައް ދަރިންނެއް ނުބަލާ:ކާޖަލް
ކާޖަލްގެ ދެ ކުދިން ވަރަށް ފިލްމު ބަލާ ހިތް ވޭ
ކާޖަލްގެ ފިލްމު ކުދިން ނުބަލަނީ މާ ގިނައިން ފިލްމު ތަކުގައި ރޯތީ

ކާޖަލް އަކީ އަމިއްލަ ދިރިއުޅުމާއި އޭނާގެ ފިލްމު ތަކުގެ މަސައްކަތާއި ވަރަށް ބޮޑަށް އެއްވަރެއްގައި ހިފަހައްތާ ފިލްމީ ތަރިއެކެވެ.

ދާދި ފަހުން ކާޖަލް ދިން އިންޓަވިއު އެއްގައި ވަނީ އޭނާގެ ދަރިންނާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. މި އިންޓަވިއު ގައި ކާޖަލް ބުނީ އޭނާގެ ދެ ދަރިންވެސް އޭނަ ކުޅެފައި ހުރި ގިނަ ފިލްމުތައް ނުބަލާ ކަމަށެވެ.

އޭނާގެ ދެ ދަރިން ކަމަށްވާ ނައިސާ އާއި ޔުގް އަކީ ވަރަށް ފިލްމު ބަލާހިތް ވާ ދެ ކުދިން ކަމަށް ކާޖަލް ބުންޏެވެ. އެކަމަކު ކާޖަލް ކުޅެފައި ހުރި ގިނަ ފިލްމުތައް މި ދެ ކުދިން އަދި ބަލާފައެއް ނުވެއެވެ. ކާޖަލް ބުނީ އޭނާގެ ކެރިއަރުގައި މި ވީ މުއްދަތުގައި އެ ވަރަށް ފިލްމު ކުޅެވިފައި ނެތުމުން ކަމަށް ވުން އެކަށީގެންވާކަމަށެވެ. އަދި ކާޖަލް މާ ގިނައިން ފިލްމުތަކުގައި ރޮއެފައި ހުންނާތީ އާއި މަންމަ ރޯތަން ފެނުނީމަ ކުދިންނަށް ރޮވޭތީ މަންމަ ކުޅެފަ ހުންނަ ފިލްމު ބަލާހިތް ނުވާ ކަމަށް ބުނި ކަމަށްވެސް ކާޖަލް ގެ އިންޓަވިއުގައި އޭނާ ބުންޏެވެ.

މި އިންޓަވިއުގައި ދަރިން ލިބުމަށް ފަހު ހަޔާތަށް އައި ބަދަލުތައް ވެސް ކާޖަލް ކިޔައިދިނެވެ. ކާޖަލް ބުނީ ފުރަތަމަ ދަރިފުޅު ލިބުމާއެކު ވެސް ދަރިންގެ އެއްވެސް ކަމެއްގައި މަންމައެއްގެ ހައިސިއްޔަތުން ފެއިލް ނުވުމަށް އޭނާ އަޒުމު ކަނޑައެޅި ކަމަށެވެ. އަދި އެހާ ހިސާބުން މިއީ އޭނާ ފެއިލް ނުވާނެ އިމްތިހާނެއްކަން ކަށަވަރު ކުރެވުނު ކަމަށެވެ.

ދަރިން ލިބުމުން ހުރިހާ ގޮތަކުންވެސް ދިރިއުޅުމަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަން އޭނާ ގަބޫލުކުރެއެވެ. އަދި ދަރިންގެ ސަބަބުން ކުރިއަށް ވުރެ އޭނާ ހަރުދަނާ މީހަކަށް ވެއްޖެ ކަމަށްވެސް ކާޖަލް ގަބޫލު ކުރެއެވެ. މިއީ އޭނާގެ ދަރިންވެސް ބޭނުންވާ ގޮތް ކަމަށާއި އަބަދުވެސް ހެއްވާ މަޖާ މީހެއްގެ ގޮތުގައި ކާޖޮލް ދެކެން ބޭނުންވާ ކަމަށްވެސްސް ދަރިން ބުނެފައިވާ ކަމަށްވެއެވެ.

ކާޖޮލް އަކީ މަޝްހޫރު އެކްޓަރެއްގެ އިތުރަށް ހިތްވަރުގަދަ ދަރިން ދެކެ ލޯބިވާ މަންމައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް