ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 14:24
އިންޓީރިއާ ސެކްރެޓަރީއާ ހޯމަ ދުވަހު 78،333 އެމެރިކާ ޑޮލަރުގެ ޗެކެއް ވަނީ ހަވާލުކޮށްފައި
އިންޓީރިއާ ސެކްރެޓަރީއާ ހޯމަ ދުވަހު 78،333 އެމެރިކާ ޑޮލަރުގެ ޗެކެއް ވަނީ ހަވާލުކޮށްފައި
ސީބީއެސަް
ރައީސް ޓްރަމްޕްގެ މުސާރަ
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
ޓްރަމްޕްގެ ފުރަތަމަ ތިން މަސްދުވަހުގެ މުސާރަ ހަދިޔާ ކުރެއްވީ ޕާކްތަކާ މޮނިއުމަންޓްތައް މަރާމާތުކުރުމަށް
މުސާރައިގެ ގޮތުގައި އަހަރަކު 400،000 ޑޮލަރު ލިބިވަޑައިގަންނަވާނެ
މުސަރާ ނުނަންގަވާ ބޭފުޅަކު ނަމަވެސް ރަމްޒީ ގޮތުން މުސާރައިގެ ގޮތުގައި އެއް ޑޮލަރު ނަންގަވަން ޖެހިވަޑައިގަންނަވާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ތިން މަސް ދުވަހުގެ މުސާރަ ނޭޝަނަލް ޕާކްސް ސާވިސަސް އަށް ދެއްވައިފި ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ޝޯން ސްޕައިސަރ ހޯމަ ދުވަހު ވިދާޅުވީ ޕާކްތަކާއި މޮނިއުމަންޓްތައް ބަލަހައްޓަވާ އިންޓީރިއާ ސެކްރެޓަރީއާ ހޯމަ ދުވަހު 78،333 އެމެރިކާ ޑޮލަރުގެ ޗެކެއް ހަވާލުކޮށްފައިވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ އެ މަނިކުފާނުގެ އަހަރުދުވަހުގެ މުޅި މުސާރަ ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އެ ޑޮނޭޝަން ގޮސްފައިވަނީ ބިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ ފަންޑިންގ ކަނޑާލުމަށް އެ މަނިކުފާނު ނިންމަވާފައިވާ އޭޖެންސީއަކަށް ކަމަށެވެ.

އެމެރިކާގެ ޕާކްތައް ބަލަހައްޓާ އިންޓީރިއާ ޑިޕާޓްމަންޓްގެ ބަޖެޓުން 12 ޕަސެންޓް (1.5 ބިލިއަން ޑޮލަރު) ކަނޑާލުމަށް ރައީސް ޓްރަމްޕްގެ ބަޖެޓް ޕްރޮޕޯސަލްގައި ހިމެނެއެވެ.

ޓްރަމްޕް ދެއްވާ ފައިސާ ޚަރަދު ކުރެވިގެންދާނީ ޕާކްތައް މަރާމާތު ކުރުމަށެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމު އަދާ ކުރައްވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި އަހަރަކު 400،000 ޑޮލަރު ލިބިގެންދާނެއެވެ. މުސަރާ ނުނަންގަވާ ބޭފުޅަކު ނަމަވެސް ރަމްޒީ ގޮތުން މުސާރައިގެ ގޮތުގައި އެއް ޑޮލަރު ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް