ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް
9 މެއި 2020 | ހޮނިހިރު 11:19
ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް
ވައިޓް ޗޮކްލެޓް މެންގޯ މޫސް ކޭކް
ޒުނާނާ ޒާލިފް

މި ރެސިޕީގައި ދޮން އަނބު ބޭނުން ކުރާތީ ވަރަށް ފޮނިފޮނި މީރު ރަހައެއް ލާނެއެވެ.

ކޭކު އަޅަން ބޭނުންވާ ތަކެތި

  • 1 ޖޯޑާއި ބައި ފުށް
  • 1 ސައި ސަމުސާ ބޭކިންގ ޕައުޑަރ
  • ބައި ސައި ސަމުސާ ބޭކިންގ ސޯޑާ
  • ބައިޖޯޑު ބަޓަރ (އަންސޯލްޓެޑް)
  • 1 ޖޯޑު ހަކުރު
  • 5 ބިސް
  • 1/4 ޖޯޑު ފުލްކްރީމް ކިރު
  • 1 ސައި ސަމުސާ ވެނީލާ އެސެންސް

ވައިޓް ޗޮކްލެޓް މެންގޯ މޫސް ހަދަން ބޭނުންވާ ތަކެތި:

  • 1 ދޮން އަނބު (2 ސަމްސާ ކާސްޓަރ ހަކުރާއި އެއްކޮށް ޕިއުރީކޮށްފައި)
  • 1 ޖޯޑު ވިޕިންގް ކްރީމް
  • 200 ގުރާމް ވައިޓް ޗޮކްލެޓް
  • ބައި ސައިސަމްސާ ވެނިލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޭކު ފުށްގަނޑު ގިރާލުމުގެ ކުރިން އަވަން 350 ޑިގްރީސް ސެލްސިއަސް އަށް ޖައްސާށެވެ. ފުށް، ބޭކިންގ ޕައުޑަރ އަދި ލޮނު ވަކިން ތައްޓެއްގައި އެއްކޮށްލާފައި ބަހައްޓާށެވެ. ދެން ހޭންޑް މިކްސަރަކުން ބަޓަރާއި ހަކުރު، ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

އެއަށްފަހު ފަހަރަކު ބިހެއް، އެއްވަންދެން އަޅަމުން ދާށެވެ. ދެން ވެނީލާ އެސެންސް އަޅާފައި ފުށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ޓްރޭއަކަށް ލާފައި 30 މިނެޓް ފިހެލާށެވެ.

މޫސް ތައްޔާރުކޮށްލުމަށް ވިޕިންގް ކްރީމްކޮޅު ހޫނުކޮށްލާށެވެ. ހޫނުކޮށްފައި ވައިޓް ޗޮކްލެޓް ކުދިކޮށްލާފައި ކްރީމްކޮޅާ އެއްކޮށްލައި ދިޔާވަންދެން މިކްސްކޮށްލާ، ވެނީލާކޮޅު އެއްކޮށްލާށެވެ. ދެން 15 މިނެޓް ފިނިކޮށްލާފައި ޕިއުރީކުރި ދޮން އަނބު އަޅާފައި ގިރާލާށެވެ.

ކޭކު ފިހެވުމުން ފިނިވަންދެން ބަހައްޓާފައި ޓްރޭއިން ވަކިކޮށް މައްޗަށް މޫސް އަޅާފައި ފިނިކުރަން ލާށެވެ.

- ކޮމެންޓް