ކ. މާލެ
|
8 މެއި 2020 | ހުކުރު 23:18
ޝިލްޕާ ފިރިމީހާ ރާޖް އާއެކު ކުޅެފައިވާ ޓިކްޓޮކް ވީޑިއޯގެ މަންޒަރެއް
ޝިލްޕާ ފިރިމީހާ ރާޖް އާއެކު ކުޅެފައިވާ ޓިކްޓޮކް ވީޑިއޯގެ މަންޒަރެއް
އިންސްޓަގްރާމް
ޝިލްޕާގެ ޓިކްޓޮކް
ޝިލްޕާގެ ޓިކްޓޮކް ވީޑިއޯއިން ފޭނުން ހެއްވާލައިފި
ޝިލްޕާ ޓިކްޓޮކް ކުޅެފައިވަނީ ފިރިމީހާ ރާޖް އާއެކު

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ދަނީ އޭނާގެ މޮޅު އެކްޓިންގެ ހުނަރާއެކު ތަފާތު ޓިކްޓޮކްތައް ކުޅެމުންނެވެ.

ޝިލްޕާ އަކީ އިންސްޓަގްރާމްގައި ވެސް ވަރަށް އެކްޓިވް ތަރިއެކެވެ. ޝިލްޕާ ފަހަކަށް އައިސް ދަނީ އިންސްޓަގްރާމްގައި ފިރިމިހާއާއެކު ކުޅެފަހުންނަ ވީޑިއޯ ޝެއަރ ކުރަމުންނެވެ. އެގޮތުން މިއަދު އޭނާ ކުޅެފައިވާ ޓިކްޓޮކް ވީޑިއޯ ވެސް އިންސްޓަގްރާމްގައި ވަނީ ޕޯސްޓުކޮށްފައެވެ.

މި ޓިކްޓޮކް ވީޑިއޯ އިން ފެންނަނީ އަލުވި ފަރާޓާ އެއް ފިރިމީހާ ރާޖް އަށް ދޭ ތަނެއެވެ. އަދި ފަރާޓާ ދިނުމުން ރާޖް ވަނީ ޝިލްޕާ ކައިރީ އެ ފަރާޓާގައި އަލުވި ކޮބާތޯ ސުވާލުކޮށްފައެވެ. މި ސުވާލުގެ ޖަވާބު ދިނުމުގެ ގޮތުން އަނެއްކާވެސް ޝިލްޕާ ސުވާލެއް އުފައްދައެވެ. ވީޑިއޯ އިން ފެންނަ ގޮތުން ޝިލްޕާ ވަނީ ކަޝްމީރުން ކަޝްމީރު ޕުލަރ އިން ފެނޭތޯއާއި ބަނާރަސް، ބަނާރަސް ސަރީ އިން ރާޖް އަށް ފެނިފައިވޭތޯ އަހާފައެވެ.

މި ވީޑިއޯ ކެޕްޝަންގައި ޝިލްޕާ ޖަހާފައިވަނީ "ފުޑް ފޮރ ތޯޓް" މިހެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް