އީޒީ ޗޮކްލެޓް ލާވާ ކޭކް
8 މެއި 2020 | ހުކުރު 14:21
އީޒީ ޗޮކްލެޓް ލާވާ ކޭކް
އީޒީ ޗޮކްލެޓް ލާވާ ކޭކް
ޒުނާނާ ޒާލިފް

މިރެސިޕީއަކީ ލާވާ ކޭކް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ، ފަސޭހަ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 1/4 ޖޯޑު ހަކުރު
  • 2 ބިސް
  • 2 ބިސް (ގޮބޮޅި ވަކިކޮށްފައި)
  • 2 ސަމްސާ ފުށް
  • 113 ގުރާމް ބަޓަރު
  • 170 ގުރާމް ޗޮކްލެޓް (ޑާރކް)
  • 1/4 ސައި ސަމުސާ ލޮނު
  • މަފިން ކަޕްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރު އަދި ޗޮކްލެޓްކޮޅު ތައްޓެއްތެރޭގައި ދިޔާކޮށްލާށެވެ. ދިޔާކޮށްލާނީ ކެކެމުންދާ ފެންތެއްޔެއްގެ މަތީގައެވެ.

އެއަށްފަހު 2 ބިސް އަދި އިތުރަށް ނެގި 2 ބިހުގެ ގޮބޮޅި ވަކިން ތައްޓެއްގައި ވިސްކްކުރާށެވެ. ބިސްކޮޅު ވިސްކުވުމުން ހަކުރާއި ލޮނުކޮޅު އަޅާފައި ގަށާލާށެވެ.

މި މިކްސްޗަރު އެއްކުރާނީ ކުލަ އަލި، ފުށްގަނޑަކަށް ވަންދެނެވެ. އެއަށްފަހު ދިޔާކުރި ޗޮކްލެޓާއި ބަޓަރު އެއްކޮށްފައި ފުށްކޮޅު އަޅާފައި ގިރާލާށެވެ.

ގިރާނިމުމުން މަފިން ކަޕްތަކުގެ މެދާހަމަޔަށް ފިލްކޮށްލާފައި މަފިން ޓްރޭއެއްގައި އަތުރާލާ، 12 މިނެޓް ވަންދެން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާށެވެ. މިކޭކް ފިހެވި ނިމޭއިރު ހުންނަންވާނީ ބޭރުފުށް ފިހެވި، އެތެރެ ދިޔާކޮށެވެ.

ފިހެވުމުން ކޭކު ހިހޫވަންދެން ބަހައްޓާލައި، ކެއުމުގެ ކުރިން މައްޗަށް ކޮކޯ ނުވަތަ އައިސިންގ ހަކުރުކޮޅެއް ބުރުވާލާށެވެ.

- ކޮމެންޓް