ކ. މާލެ
|
7 މެއި 2020 | ބުރާސްފަތި 21:30
ވެބް ސީރީޒް \"ބާރިޝް\" ގެ ޕޯސްޓަރެއްގައި ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ
ވެބް ސީރީޒް "ބާރިޝް" ގެ ޕޯސްޓަރެއްގައި ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ
ސޯޝަލް މީޑިއާ
ބާރިޝް ސީޒަން 2
ބާރިޝް ސީޒަން 2 ރިލީޒްކޮށްފި
ބާރިޝް ސީޒަން 2 ރިލީޒް ކުރީ އަންގާރަ ދުވަހު
މި ސީޒަންގެ 11 އެޕިސޯޑް އަންގާރަ ދުވަހު ނެރެފައިވޭ

މަޝްހޫރު ވެބް ސީރީޒް އެއްކަމަށްވާ ބާރިޝް ސީޒަން 2 އަންގާރަ ދުވަހު ރިލީޒް ކޮށްފިއެވެ.

ބާރިޝް އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ސީރިޒްއަކެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ގެނެސްދިން ބާރިޝްގެ އެއްވަނަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މި ސީރީޒްގެ ލީޑް ތަރިންނަކީ "ހޭޓް ސްޓޯރީ 3" ގެ އިތުރުން މަޝްހޫރު އެހެން ފިލްމުތައް ކުޅެފައިވާ ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ އެވެ.

ފުރަތަމަ ސީޒަނުގައި ހިމެނެނީ 20 އެޕިސޯޑެވެ. ސީޒަން 2 ގައި ފުރަތަމަ 11 އެޕިސޯޑް ވަނީ ނެރެފައެވެ. ނަމަވެސް ސީދާ ނެރެން ހަމަޖެހިފައިވަނީ ކިތައް އެޕިސޯޑްކަމެއް ކަށަވަރެއް ނުވެއެވެ.

ބާރިޝް ސީޒަން 2 ބަލާލެވޭނީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ އާއި ޒީ ޏެޓްވޯކްގެ ޒީ5 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް