ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 15:04
ނަތީޖާ ޤަބޫލުނުކޮށް އިދިކޮޅު ފަރާތްތަކުން އިކުއެޑޯގެ މަގުތައް ހަލަބޮލި ކުރަނީ
ނަތީޖާ ޤަބޫލުނުކޮށް އިދިކޮޅު ފަރާތްތަކުން އިކުއެޑޯގެ މަގުތައް ހަލަބޮލި ކުރަނީ
ރޮއިޓަރސް
އިކުއެޑޯގެ އިންތިޚާބު
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
އިދިކޮޅު މީހުން ވަނީ މަގުތަކަށް ނުކުމެފައި
އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރޭ

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި ވޯޓުގެ ޖުމްލަ ނަތީޖާ ލިބުމުން އެ މައްސަލަ ޖައްސާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

 

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަދި ކުރީގައި އުޅުއްވަނީ މިހާރު ވެސް ވެރިކަންކުރަމުން އަންނަ ސޯޝަލިސްޓް ޕާޓީގެ ފަރާތުން ވާދަކުރައްވާ ނައިބު ރައީސް ލެނިން މޮރޭނޯއެވެ.

 

މިހާތަނަށް ގުނާ ނިމިފައިވާ ވޯޓްގެ ނަތީޖާ ދައްކާ ގޮތުން މޮރޭނޯއަށް ވޯޓުގެ 51.07 އިން ސައްތަ ލިބެއެވެ. އަދި ބާކީ ހަ ޕަސެންޓް ޑިސްޓްރިކްޓްގެ ވޯޓް ގުނަންޖެހެއެވެ.

 

ވޯޓްގެ ނަތީޖާއިން މިހާރު ވެސް ވެރިކަންކުރަމުންދާ ޕާޓީގެ ކެނޑިޑޭޓް ކުރީގައި އުޅޭ ކަމަށް ދެއްކިޔަސް، ނަތީޖާ އިއުލާން ކުރުމާ އެކު އިދިކޮޅު ކެނޑިޑޭޓް ގަލެރްމޯ ލާއްސޯ ވަނީ ކާމިޔާބީ ފާހަގަކުރަން ފަށާފައެވެ.

 

ކާމިޔާބީ ފާހަގަކުރި ނަމަވެސް ލާއްސޯ ވަނީ ވޯޓް އަލުން ގުނުމަށް ގޮވާލާފައެވެ. ލާއްސޯ ވިދާޅުވީ އިންތިޚާބުގެ ނަތީޖާވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

 

އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން އެމީހުން ވަނި އިކުއެޑޯގެ މަގުތައް ހަލަބޮލިކޮށް މުޒާހަރާ ކުރަން ފަށާފައެވެ.

 

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެތަކެއް ސިއްރުތަކެއް ފަޅާ އަރުވާލާފައިވާ ހެކަރު ޖޫލިއަން އަސާންޖްއަށް ވަރަށް މުހިންމު އިންތިޚާބެކެވެ.

 

އިންތިޚާބުގެ ނަތީޖާއަކީ މިހާރު އަސާންޖްއަށް ވެސް އެންމެ ރަނގަޅު ގޮތެވެ. އިކުއެޑޯގެ އިދިކޮޅު ފަރާތްތަކަށް ވަކިން ޚާއްސަކޮށް އިދިކޮޅު ކެނޑިޑޭޓް ލާއްސޯ އިންތިޚާބު ކާމިޔާބުކުރައްވައިފި ނަމަ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީގައި އޭނާއަށް ހުރެވިދާނެ ކަމާ މެދު ޝައްކު އުފެދިފައި ވެއެވެ.

 

ލާއްސޯ ބުނެފައި ވަނީ އޭނާއަށް އިކުއެޑޯގެ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން އޭނާ ނެރޭނެ ކަމަށެވެ.

 

އިކުއެޑޯގެ ރިޔާސީ އިންތިޚާބުގެ 94 ޕަސެންޓްގެ ވޯޓް ގުނާ ނިމިފައިވާ އިރު އިދިކޮޅު ކެންޑިޑޭޓަށް ލިބެނޭ ވޯޓްގެ 48.93 ޕަސެންޓެވެ.

- ކޮމެންޓް