ކ. މާލެ
|
3 މެއި 2020 | އާދީއްތަ 21:06
ސަލްމާން ޙާން
ސަލްމާން ޙާން
އިންޑިއަން އެކްސްޕްރެސް
ސަލްމާންގެ އެހީތެރިކަން
އޯލް އިންޑިއާ އެސޯސިއޭޝަންގެ މެމްބަރުންނަން ސަލްމާންގެ އެހީތެރިކަން
ކޮންމެ މެމްބަރަކަށް 3000 ރުޕީސް
ލޮކްޑައުން ނިމުމަކަށް އައިސް ހަމަޖެހެންދެން މި އެސޯސިއޭޝަނަށް އެހީ ވުމަށް ނިންމާފައިވޭ
ފިލްމް އިންޑަސްޓްރީގައި ދުވަހު މުސާރަ އަށް މަސައްކަތް ކުރާ 25000 ފަރާތަކަށް ވެސް މީގެ ކުރިން އެހީތެރިވި

އޯލް އިންޑިއާ ސްޕެޝަލް އަރޓިސްޓް އެސޯސިއޭޝަންގެ މެމްބަރުންނަށް ސަލްމާން ޙާން 3000 ރުޕީސް ހަދިޔާ ކޮށްފިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން އެތައްބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ދަނޑިވަޅުގައި ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުން ދަނީ އިންޑިއާގެ ސަރުކާރަށް އެހީތެރިކަން އެކިގޮތް ގޮތުން ފޯރުކޮށްދެމުންނެވެ. މި ގޮތުން ފާހަނގަކޮށްލެވޭ އެއް ތަރިއަކަށް ސަލްމާން ޙާން ވެގެންދާނެ އެވެ. ސަލްމާން ދަނީ އެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ސަލްމާން އެހީރެރިކަން ފޯރުކޮށްދިނީ އޯލް އިންޑިއާ ސްޕެޝަލް އަރޓިސްޓް އެސޯސިއޭޝަންގެ މެމްބަރުންނަށެވެ. މި އެސޯސިއޭޝަންގެ ކޮންމެ މެމްބަރަކަށް 3000 ރުޕީސްގެ ދީފައިވެއެވެ. އަދި ރިޕޯޓުތަކުން ބުނާގޮތުން ލޮކްޑައުން ނިމުމަކަށް އައިސް ހަމަޖެހެންދެން މި އެސޯސިއޭޝަނަށް އެހީވުމަށް ސަލްމާން ވަނީ ނިންމާފައެވެ.

މި އެސޯސިއޭޝަންގެ މެމްބަރަކު ޑެއިލީއަށް ދިން އިންޓަވިއު އެއްގައި ބުނީ ސަލްމަން އެހީތެރިވާ ވަރަށް އެއްވެސް މީހަކު މި ދަނޑިވަޅުގައި އެމީހުނަށް އެހީތެރި ނުވާކަމަށެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި 3000 ރުޕީސް އެކައުންޓަށް ޖަމާވުމުން ވަރަށް ހައިރާންވި ކަމަށްވެސް ބުންޏެވެ. އެހެން އެކްޓަރެއްގެ އެހީތެރިކަން އަދި އެ އެސޯސިއޭޝަނަށް ލިބިފައިވާ ނުވާކަމަށްވެސް އެނާ ބުނެފައިވެއެވެ.

ކުރީގެ ހަނދާނެން އާކޮށް އެ މެމްބަރު ބުނީ ބާރިޝް ފިލްމުގެ ޝޫޓިންގ ކުރިއަށް ދިޔައިރުވެސް އިމަޖެންސީ އެއްވެސް ކަމެއް ދިމާވެއްޖެނަމަ ސަލްމާން ވަނީ އެނާ އަށް އެންގުމަށް އެދިފައެވެ. އެހެން މެމްބަރަކު ބުނިގޮތުގައި އަބަދުވެސް އެންމެ ބޭނުން ޖެހޭ ވަގުތު ތަކުގައި ސަލްމާން އެހީތެރިވާކަމަށެވެ.

މީގެކުރިން ސަލްމާން ވަނީ ފިލްމް އިންޑަސްޓްރީގައި ދުވަހު މުސާރަ އަށް މަސައްކަތް ކުރާ 25000 ފަރާތަކަށް ވެސް ލޮކްޑައުންއާއި ގުޅިގެން އެހީތެރިވެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް