ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 03:30
ކަންގަނާ ރަނާވަތް
ކަންގަނާ ރަނާވަތް
ގެޓީ އިމޭޖަސް
އެވޯޑް ބަލާދާނެ ފައިސާއެއް ނެތް
ފުރަތަމަ އެވޯޑް ބަލާދާނެ ފައިސާއެއް ނެތް: ކަންގަނާ
ކަންގަނާ އަށް ލިބުނު ފުރަތަމަ އެވޯޑަކީ ބެސްޓް އެކްޓަރުކަން
ކަންގަނާ ބޮލީވުޑަށް ނިކުތީ މީގެ 14 އަހަރު ކުރިން
އިންޑިއާގެ ސަރުކާރުން ދޭ ފަޚުރުވެރި އެވޯޑެއް ކަމަށްވާ "ޕަދްމާ ޝްރީ އެވޯޑު" ކަންގަނާ އަށް ލިބުނު

ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާވަތަށް ލިބުނު ބެސްޓު އެކްޓަރެސްގެ އެވޯޑް ބަލާ ނުދެވުނީ އެނާގެ މާލީ ހާލަތު ތަން ނުދިނުމުން ކަމަށް އެނާ ބުނެފިއެވެ.

ދާދި ފަހުން ކަންގަނާ ދީފައިވާ އިންޓަރވިއު އެއްގައި އޭނާ ބުނީ 2006 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އެވޯޑު ހަފުލާގައި އެނާއަށް ބައިވެރިނުވެނީ މާލީ ހާލަތު ތަން ނުދިނުމުން ކަމަށެވެ. ބެސްޓު އެކްޓަރގެ އެވޯޑް ބަލާ ދާން އެނާ ބޭނުންވި ކަމަށާއި އެކަމަށް ޙަރަދު ކުރާނެ ފައިސާ ނެތުމުން، އެވޯޑް ބަލާ ފޮނުވީ އެނާގެ ގާތް ރައްޓެެއްސެއް ކަމަށް ކަންގަނާ ބުންޏެވެ.

މިއީ ކަންގަނާ މިފަދަ ވާހަކައެއް މީޑިއާގައި ހިއްސާ ކުރި ފުރަތަމަ ފަހަރެއެވެ.

އެހެންނަމަވެސް އެވޯޑް ލިބުނު ވަގުތަކީ ކަންގަނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ވަގުތުކަމަށް ވެސް އެނާ ފާހަނގަކުރިއެވެ.

ކަންގަނާގެ ފުރަތަމަ ފެނިލުމުންވެސް އޭނާ އަކީ ހުނަރުވެރި އެކްޓަރެއްކަން ވަނީ ސާބިތު ކޮށްދީފައެވެ. އެކްޓިންގެ އިތުރުން ލިޔުމާއި ޑައިރެކްޓް ކުރުމުގެ ހުނަރުވެސް ކަންގަނާ ވަނީ ދައްކާފައެވެ. ކަންގަނާ ރަނާވަތު ބޮލީވުޑަށް ނުކުތީ މީގެ 14 އަހަރު ކުރިންނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ގޭންގް ސްޓަރ" އެވެ. ގޭންގް ސްޓަރ އަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

ކަންގަނާ ބުނީ އެންމެ ފުރަތަމަ އެވޯޑަށް ނޮމިނޭޓްވެފައި އޮތްކަން ނޭގޭ ކަމަށެވެ. ގޭންގްސްޓާ ޓީމުން އެވޯޑް ހަފްލާއަށް ސިންގަޕޫރަށް ދާން ނިންމުމުމަށް ފަހު އޭނާ އަށް ވެސް އެންގި ކަމަށް ބުންޏެއެވެ. އަދި އޭރު ސިންގަޕޫރު ފަދަތަކަށް ދާނެ ގޮތަކާއި ގޮސް ހުންނާނެ ތަނެއް ވެސް ނޭގޭކަމަށް ކަންގަނާ ބުންޏެއެވެ.

ކަންގަނާ އަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދި އެކްޓަރެކެވެ. ދާދި ފަހުން ކަންގަނާ ވަނީ އިންޑިޔާގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ދޭ ފަޚުރުވެރި އެވޯޑެއް ކަމަށްވާ "ޕަދްމާ ޝްރީ އެވޯޑު" ހޯދާފައެވެ.

- ކޮމެންޓް